ދުނިޔެ

ޔަމަނުގެ ހޫތީން އިޒްރާއިލަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފިކަމަށް ބުނެފި

ޔަމަނުގެ ހޫތީން އިޒްރާއިލަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފިކަމަށް ބުނެފި

މިސައިލް ހަމަލާއެއް ފޮނުވާލަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 މޭ 2025، 05:16

25 މޭ 2025، 05:16

ޔަމަނުގެ ހޫތީން އިޒްރާއިލަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފިކަަމަށް ބުނެފިއެވެ.

ޔަމަނުގެ ހޫތީ ހަރަކާތުގެ މިލިޓަރީ ސްޕޯކްސްމަން ވަނީ އިޒްރާއލުގެ ބެން ގޫރިއަން އިންޓަނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށް "ހައިޕަސޮނިކް" ބެލިސްޓިކް މިސައިލެއް ފޮނުވާލި ކަން ކަށަވަރުކޮށްދީފައެވެ.

ހޫތީގެ ސްޕޯކްސްމަން ޔަހްޔާ ސަރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަން ވަނީ ކާމިޔާބު ވެފައެވެ. އެއީ އެއަރޕޯޓުގެ މަސައްކަތްތައް ހުއްޓާލަން ޖެހި، ގިނަޢަދަދެއްގެ އިޒްރާއިލްގެ ރައްޔިތުން ޝެލްޓަރތަކަށް ވަންނަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

މި މިސައިލް ދޫކޮށްލުމާ ގުޅިގެން އިޒްރާއިލްގެ އެކި ސަރަހައްދުތަކުގައި ސައިރަން އިއްވާފައިވާ ކަމަށް ކުރިން ވަނީ ރިޕޯޓުކުރެވިފައެވެ. 

ނަމަވެސް އިޒްރާއިލްގެ މިލިޓަރީން ބުނެފައިވާ ގޮތުގައި މި މިސައިލް ވަނީ އިންޓަސެޕްޓް ކުރެވިފައެވެ. އަދި ހަމަލާގައި އެއްވެސް މީހަކަށް އަދި އެއްވެސް ތާކަށް ގެއްލުމެއް ވެފައެއްނުވެއެވެ.

މި ހަމަލާއަކީ ހޫތީންގެ ފަރާތުން އިޒްރާއިލަށް އަމާޒުކޮށް ދިން ފުރަތަމަ ސީދާ ހަމަލާ ނޫނެވެ. ހޫތީން ވަނީ ކުރިންވެސް އިޒްރާއިލަށް އަމާޒުކޮށް މިސައިލް ހަމަލާތައްދީފައެވެ. 

މިއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހޫތީން އިޒްރާއިލްށް ދެމުންދާ އިންޒާރުތަކުގެ ތެރެއިން ހަމަލާއެެކެވެ. 

 

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS