Ads by Exprox

ޚަބަރު

ކެޔޮޅުންގެ އެވޯޑަށް ކުރިމަތުލުމަށް ހުޅުވާލައިފި!

ކެޔޮޅުންގެ އެވޯޑަށް ކުރިމަތުލުމަށް ހުޅުވާލައިފި!

ދިވެހި މަސްދޯންޏެއްގައި މަސްވެރިން މަސްބާނަނީ. ފޮޓޯ: ގްރީންޕީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޮކްޓޯބަރު 2024، 02:28

10 އޮކްޓޯބަރު 2024، 02:28

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމަށް މަސްވެރިކަމާއި ކަނޑުތަކުގެ ދިރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. 

އެ ވުޒާރާއިން މިކަމާގުޅިގެން ކުރި އިޢުލާނެއްގައި ބުނެފައިވަނީ،  2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދެވޭ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ.

އެގޮތުން އެ ވުޒާރާއިން ނަން ހުށަހެޅުމަށް ހުޅުވާލި އެވޯޑް ތަކަކީ:

1) މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)

2) މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)

3) އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު

އެ ވުޒާރާއިން ބުނީ، މި ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތުތައް ފުރިހަމަވާ ފަރާތްތައް އެކަމާއި ގުޅޭ ފޯމް ފުރިހަމަ ކުރުމަށްފަހު 7 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ވުޒާރާއަށް ހުށަހެޅުމަށް އެދޭކަމަށެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން އިތުރަށް ބުނީ، އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު ވުޒާރާގެ ވެބްސައިޓް www.fisheries.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެކަމަށާއި، މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވިފައިވާއިރު، އެވޯޑަށް އެދި ހުށަހަޅާ ފޯމް ވުޒާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް އެދޭކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco