Ads by Stelco

ޚަބަރު

މެއި މަހުގެ 21އާއި ހަމައަށް ރާއްޖެއަށް 926،898 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވޭ

މެއި މަހުގެ 21އާއި ހަމައަށް ރާއްޖެއަށް 926،898 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވޭ

ރާއްޖެއަށް ޒިޔާރަތްކުރި ދެފަތުރުވެރިއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 މޭ 2025، 11:49

27 މޭ 2025، 11:49

މިހިނގާ މެއި މަހުގެ 21 އާއި ހަމައަށް ރާއްޖެއަށް 926،898 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅައި ބަލާއިރު 8 އިންސައްތަ އިތުރުވުމެކެވެ. 

މިއަހަރުގެ މިހާތަނަށް ރާއްޖެއަސް އެންމެ ގިނަ ފަތުުރުވެރިން އައިސްފައިވަނީ ޗަިއިނާއިންނެވެ. މެއި 21 އާއި ހަމައަށް ޗަައިނާއިން ރާއްޖެއަށް 101،128 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކާއި ޢަދަދުތައް:

  • ޗައިނާ: 111،217 ފަތުރުވެރިން
  • ރަޝިއާ: 101،837 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 96،914 ފަތުރުވެރިން
  • އިޓަލީވިލާތް: 80،727 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 72،256 ފަތުރުވެރިން
  • އިންޑިއާ: 51،130 ފަތުރުވެރިން
  • ފަރަންސޭެސި ވިލާތް: 33،529 ފަތުރުވެެރިން
  • އެމެރިކާ: 29،128 ފަތުރުވެރިން
  • ސްވިޒަރލޭންޑް: 21،478 ފަތުރުވެރިން
  • އޮސްޓްެރޭލިޔާ: 16،788 ފަތުރުވެރިން

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6500 އެއްހާ ފަތުރުވެރިން އާދެއެވެ. ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 672000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 218000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ.

ރާއްޖޭގައި މިވަގުތު 63،162 ޓުވަރިސްޓު ބެޑް އޮޕަރޭޓް ކުރަމުންދެއެވެ. އެއީ ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ހޮޓަލްތައް އަދި ޓުވަރިސްޓް ވެސްލްސް ތައް ހިމެނޭ ގޮތަށެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS