ޚަބަރު
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއަށް ސީއީއޯއެއް ހޯދަނީ

ފިނޭންސް މިނިސްޓްރީ/ފޮޓޯ: އެޑިޝަން އެމްވީ
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ، އެމްއައިއެފްއެސްއޭ ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް މީހަކު ބޭނުންވަނީ 5 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މަޤާމުގެ މުސާރައަކީ 57،000ރ. ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މަޤާމާއި ގުޅުންހުރި ދާއިރާތަކުން 20 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިހުރުން ހިމެނެއެވެ. ހަމަ މިއާއެކު، ޤާނޫނީ ދާއިރާ، އިކޮނޮމިކްސް މާއްދާ، އެކައުންޓިންގ، ނުވަތަ ބިޒްނަސް ގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އަކީ، ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު ތެރޭގައި އުފައްދަވަން ނިންމެވި އިދާރާއެކެވެ.