ދުނިޔެ

ބައިތުލަހިޔާގައި އިޒްރާއިލްގެ ސިފައިން މަރާލި ކަމަށް ޤައްސާމް ބްރިގޭޑުން ބުނެފި

ބައިތުލަހިޔާގައި އިޒްރާއިލްގެ ސިފައިން މަރާލި ކަމަށް ޤައްސާމް ބްރިގޭޑުން ބުނެފި

ޤަސަމް ބްރިގޭޑްސްގެ ބައެއް މެމްބަރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 މޭ 2025، 03:31

27 މޭ 2025، 03:31

ފަލަސްޠީނުގެ ބައިތް ލަހިޔާގައި އިޒްރާއިލްގެ ސިފައިންގެ މީހަކު މަރާލައިފައިވާކަމަށް ހަމާސްގެ ޤައްސާމް ބްރިގޭޑުން ބުނެފިއެވެ.

ހަމާސްގެ ހަނގުރާމަވެރި ފިޔަވަޅު ކަމަށްވާ ޤައްސާމް ބްރިގޭޑުން ބުނެފައިވާ ގޮތުގައި އިއްޔެ އެންޓި ޕަރސަނަލް މިސައިލެއް ބޭނުންކޮށްގެން އިޒްރާއިލް ސިފައިންގެ 10 މެންބަރުންގެ ޔުނިޓަކަށް ހަމަލާދީފައިވެއެވެ.

އުތުރު ޣައްޒާގެ ބައިތުލަހިޔާ ސިޓީގެ އަލް-އަތާތްރާ ސަރަހައްދުގައި ދިން މި ހަމަލާގައި ގިނަ އަދަދެއްގެ އޮފިސަރުން މަރުވެ އަދި ޒަޚަމްވެފައިވާ ކަމަށް އެ ބްރިގޭޑުން ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅޭގޮތުން އިޒްރާއީލީ ޑިފެންސް ފޯސް (އައިޑީއެފް) އިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މި ހަމަލާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ސައްހަ އަދަދެއް މިވަގުތު ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ޤައްސާމް ބްރިގޭޑުން އިސްރާއީލް ސިފައިންނާ ދެކޮޅަށް ގިނަ ހަމަލާތަކެއް ދެމުން ގެންދެއެވެ. އަދި މިފަދަ ހަމަލާތަކުގައި އިސްރާއީލް ސިފައިން މަރުވެ އަދި ޒަޚަމްވަމުންދާ ކަމަށް އެ ބްރިގޭޑުން ޢާންމުކޮށް ބަޔާން ނެރެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރާއީލަށް ދިން ހަމަލާއާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި މިހާތަނަށް 200 އަށްވުރެ ގިނަ އިޒްރާއީލް ސިފައިން މަރުވެފައިވާ ކަމަށް އިޒްރާއީލުން ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS