ދުނިޔެ
އިޒްރާއީލް ސިފައިން ހުޅަނގުއައްސޭރީގައި،އަލްއަޤްޞާއަށް އަރައި ހުރުމަތް ކަނޑައިފި

އިޒްރާއިލް ސިފައިން ހުޅަނގިއައްސޭރީގައި ހަރަކާތްތެރިވަނީ
އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަަކަށް އަރައިފިއެވެ.
އިޒްރާއިލް ސިފައިންގެ ހިމާޔަތާއި އެކު ގިނަ އަދަދެއްގެ ޒަޔޯނިސްޓުން އަލްއަޤްޞާ މިސްކިތައް އަރައި އެތަނުގެ ހުރުމަތް ކަނޑައިފައިވެއެވެ. އިޒްރާއިލް ސިފައިންނާއި ޒަޔޯނިސްޓް ބައިގަނޑާއ ކުރިމަތިލީ ހުޅަނގުއައްސޭރީގެ ބައެއް ޒުވާނުންނަށް އެކިވަރުގެ ޒަޚަމްތައް ވަނީ
ފަލަސްތީނު ނޫސް އެޖެންސީ (ވަފާ) އިން ބުނާ ގޮތުގައި ނާބުލުސް ސިޓީގެ ބައިތުލް މަޤްދިސްގެ ވަށައިގެން ހިނގި މި ހަަމަނުޖެހުމުގެ ތެރޭގައި 32 އަހަރުގެ ފަލަސްތީނު ޒުވާނަކު ވަނީ އިޒްރާއީލް ސިފައިންގެ ވަޒަނެއް އަރައި ޒަޚަމްވެފައެވެ.
އިޒްރާއީލް ސިފައިން ވަނީ ހަވާރާ ޗެކްޕޮއިންޓް މެދުވެރިކޮށް ނާބުލުސް ސިޓީއަށް ވަދެ، ޒަވާތާ ސަރކަލްގައި ހުރި އަލް-ޚަލީޖު ސަރާފާއާއި، ވިޔަފާރި މާރުކޭޓުގައި ހުރި ރަން ފިހާރައަކަށް ވަދެ، ގޭސް ބޮމުންނާއި ބަޑީގެ ހަމަލާދީފައެވެ.
މީގެ އިތުރުން އިޒްރާއީލް ސިފައިން ވަނީ ގަލްގީލިއާ، ޖެނިން، ޠޫބާސް، ބައިތުލަހުމް އަދި އަލް-ޚަލީލް ސިޓީތަކަށް ވެސް އަރާފައެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ސިފައިންނާއި އަސްކަރީ އުޅަނދުތައް ބޭނުންކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ ފިހާތަތަކަށް ވަދެ ފައިސާ ވަގަށް ނަގާފައިވާކަމަށް ވަފާ އިން ބުނެއެވެ.
އަލްއަޤްޞާ މިސްކިތަށް އެތައް ޒަޔޯނިސްޓުންނެއް ވަދެ، އިޒްރާއީލް ސިފައިންގެ ހިމާޔަތުގައި އެތާ ތަލްމޫދީ އަޅުކަން ކޮށްފައިވެއެވެ. އިޒްރާއީލް ފުލުހުން ވަނީ ބައިތުލް މަޤްދިސްގެ ޤަދީމީ ސަރަހައްދު އަސްކަރީ ކޭމްޕަކަށް ބަދަލުކޮށް، އަލްއަޤްޞާ މިސްކިތުގެ ދޮރުތަކުގައި ސެކިއުރިޓީ ވަރުގަދަކޮށް، އެމިސްކިތައް އަޅުކަންކުރަންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ހުރަސްއަޅާފައެވެ.
ޣައްޒާގައި ހިންގަމުންދާ ނަޞްލު ނައްތާލުމުގެ ހަރަކާތާއިއެކު، އިޒްރާއީލް ސިފައިންނާއި ޒިޔޯނިސްޓުން ވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ވެސް އެމީހުންގެ ހަމަލާތައް އިތުރުކޮށްފައެވެ.
މިގޮތުން މިހާތަނަށް މަދުވެގެން 969 ފަލަސްތީންގެ ރައްޔިތުން ޝަހީދުވެ 7،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، 17،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.