ޚަބަރު
ތިމާވެށި ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އީޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގެ ކަނޑު އަޑީގެ ފޮޓޯއެއް ފޮޓޯ:އިންޓަނެޓް
ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މިކަން އެ އިދާރާއިން ފާހަގަކޮށްފައިވަނީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެންނެވެ.
އީޕީއޭގެ އެންވަޔަރަންމަންޓް ރިސާރޗް އެންޑް ކޮންޒަވޭޝަން ޔުނިޓްގެ ޑިރެކްޓަރ ޔޫސުފް ރިޟްވާން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތިމާވެށްޓަކީ އިޤްތިޞާދާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އެއްޗެކެވެ.
ރާއްޖެއަކީ ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމަކަށްވުމާއެކު، ތަރައްޤީގެ ބޭނުމަށް ގިނަ ސަރަޙައްދުތައް ދަނީ ހިއްކަމުންނެވެ. ޔޫސުފް ރިޟްވާން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ވެށްޓަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މީގެ ތެރޭގައި ކަނޑުމަތީ ދޫނިތައް މަދުވުމާއި، މުރަކަތަކަށް ގެއްލުންވުމާއި، ފަރުތައް ހަލާކުވުން ހިމެނެއެވެ.
ކުރިއަށް އޮތް ޖީލުތަކަށް ތިމާވެށި ހިމާޔަތްކޮށް ދަމަހައްޓައި ފޯރުކޮށްދޭން ޖެހޭނަމަ އެބަޖެހޭ ކަނޑުގެ މާހައުލާއި ރަށްތަކާއި ކަނޑުތަކާއި ކަނޑުގެ ސަރަހައްދުގައި ދިރިއުޅޭ ދިރޭ ތަކެތި ރައްކާތެރި ކުރަން
ޔޫސުފް
އީޕީއޭއިން ބާރުއަޅުއްވަނީ މިފަދަ މައްސަލަތައް ހައްލުކުރެވޭނީ އެންމެން ގުޅިގެން ކަމަށެވެ. އެގޮތުން، ފިނޮޅުތަކަށް ދަތުރުކުރުމުގައި އެތަނުގައި ދިރިއުޅޭ ދިރޭތަކެއްޗަށް ގެއްލުން ނުދިނުމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ވެށީގެ ރައްކާތެރިކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެއް ކަމުގައި އެ އިދާރާއިން ފާހަގަކުރެއެވެ.