Ads by Stelco

ޚަބަރު

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި ހަވާއެރުވުން. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2025، 12:19

28 މޭ 2025، 12:19

ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗު ސަރަޙައްދުގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދޭގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ މިރޭ 20:00 ގައި ކަމަށާއި، ހަވާ އެރުވުމުގެ މުއްދަތަކީ 3 މިނެޓު ކަމުގައި ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހަރަކާތަކީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޕްރައިވެޓް އިވެންޓެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ސިފްކޯއިން ފަހަކަށް އައިސް ވަނީ އެކި ޚާއްސަ މުނާސަބަތުތަކާއި ހަރަކާތްތަކާ ގުޅިގެން ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ގިނަ ފަހަރު ކުރިއަށް ގެންގޮސްފައެވެ. މިފަދަ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ލިބެމުންދަނީ ފާހަގަކޮށްލެވޭ ތަރުހީބެކެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS