ދުނިޔެ

އިޒްރާއީލުން އަނެއްކާވެސް ސަންޢާ އެއަރޕޯޓަށް ހަމަލާދީފި

އިޒްރާއީލުން އަނެއްކާވެސް ސަންޢާ އެއަރޕޯޓަށް ހަމަލާދީފި

ސަންޢާ އެއަރޕޯޓަށް އިޒްރާއިލުން ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2025، 02:54

28 މޭ 2025، 02:54

އިޒްރާއީލުގެ އެއަރފޯސްއިން ޔަމަނުގެ ވެރިރަށް ސަންޢާގެ އިންޓަނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށް ހަމަލާތަކެއް ދީފިއެވެ.

 މިކަން އިޒްރާއީލު ސިފައިންގެ އެކްސް އެކައުންޓުން ކަށަވަރުކޮށްދީފައިވެއެވެ. ހޫތީންނާއި ގުޅުންހުރި މީޑިއާތަކުންވެސް ޔަމަންގެ ވެރިރަށުގެ އެއަރޕޯޓަށް ހަމަލާދިންކަން ރިޕޯޓުކޮށްފައިވެއެވެ.

ހޫތީންނާއި ގުޅުންހުރި އަލް-މަސީރާ މީޑިއާ ނެޓްވަރކުން ބުނެފައިވާ ގޮތުގައި އިޒްރާއީލުން ދިން ހަތަރު ހަމަލާ އަމާޒުކޮށްފައިވަނީ ޞަންޢާ އެއަރޕޯޓުގެ ރަންވޭއަށާއި ޔަމަން އެއަރވޭސްގެ މަތިންދާބޯޓަކަށެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް އެ މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.

ޔަމަނުގެ ވެރިރަށް ސަންޢާގެ އިންޓަނޭޝަނަލް އެއަރޕޯޓުގައި އޮޕަރޭޓްކުރަމުން އައި އެންމެ ފަހު މަތިންދާބޯޓު، މިއަދު ހެނދުނު އިޒްރޭލުން އެ ގައުމަށް ދިން ހަމަލާގައި ހަލާކުވެފައިވާކަމަށް ޔަމަންގެ ލޯކަލް މަސްދަރުތަކުން ބުނެފައިވެއެވެ. 

މި ހަމަލާތައް ދީފައިވަނީ އިއްޔެ ހޫތީން އިޒްރާއީލަށް ދިން މިސައިލް ޖަމަލާއެއްގެ ޖަވާބުގައެވެ. އިޒްރާއީލުން މި މަހު ޔަމަނަށް ދިން ހަމަލާތައް އިތުރުކޮށްފައިވާއިރު، މޭ 6 ވަނަ ދުވަހު ޞަންޢާ އެއަރޕޯޓަށާއި، ފާއިތުވި ހަފުތާގައި ހޮދެއިދާ އަދި އަސް-ސަލީފް ބަނދަރުތަކަށް ހަމަލާދީފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS