Ads by Stelco

ޚަބަރު

މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ނިންމައިފި

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން/ފޮޓޯ: މާލެ ސިޓީ ކައުންސިލް

28 މޭ 2025، 05:17

މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މި ގޮތަށް ނިންމަވާފައިވަނީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 196 ވަނަ ޢާންމު ޖަލްސާގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން މިއަށްފަހު ކުރިއަށް ގެންދާ އެއްވެސް ހަފްލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެކަމަށެވެ. ހަމަ އެހެންމެ، މި ނިންމެވުމާއި ގުޅިގެން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ، އިންސާނުންގެ ޞިއްޙަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން އެންމެންގެ ރައްކާތެރިކަމަށްޓަކައި ނިންމެވި މިފަދަ ނިންމެވުމަކަށް ތާޢީދުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް އަދި މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ ގިނަ މެމްބަރުން ވެސް ވަނީ މި ނިންމެވުމަށް ތާއީދު ކުރައްވާފައެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ވެސް އެއްވެސް ފަސްޖެހުމެއް ނެތި އެ ކައުންސިލުން ކުރަމުން އަންނާނެ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS