Ads by Stelco

ޚަބަރު

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަޒަރްބައިޖާންގެ ޚާރިޖީ ވަޒީރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަޒަރްބައިޖާންގެ ޚާރިޖީ ވަޒީރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އަޒަރްބައިޖާންގެ ދިދަ/ފޮޓޯ: ބަކު ލައިފް ޓުއަރސް

28 މޭ 2025، 06:58

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަޒަރްބައިޖާންގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އަޒަރްބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖޭހުން ބޭރަމޮވް އަށް ތަހުނިޔާ އަރިސްކުރައްވާ ސިޓީފުޅެއް ފޮނުއްވައިފައެވެ.

މި ސިޓީފުޅުގައި ވަޒީރު ވިދާޅުވިީ، އަޒަރްބައިޖާންގެ މިނިވަންދުވަހުގެެ އުފާވެރި މުނާސަބާގައި އަޒަރްބައިޖާންގެ  ޚާރިޖީ ވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެ އާ އަޒަރްބައިޖާންއާ ދެމެދު ބަދަހިވަމުން އަންނަ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގާތުން މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

‏‎ދިވެހިރާއްޖެއާއި އަޒަރްބައިޖާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ މުހިންމު ދުވަހެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS