Ads by Stelco

ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ނޭޕާލް ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ނޭޕާލް ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ނޭޕާލް ދިދަ/ފޮޓޯ: އެޑޯބް ސްޓޮކް

28 މޭ 2025، 07:34

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ނޭޕާލް ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ޚާރިޖީ ވަޒީރު ވަނީ، ނޭޕާލްގެ ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު  ޑރ. އާރުޒޫ ރަނާ ޑުއުބާ އަށް ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއް ލިޔުއްވާފައެވެ.

މި ސިޓީފުޅުގައި ވަޒީރު ވިދާޅުވީ، ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަވާ ކަމަށެވެ. ހަމަ އެހެންމެ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވަޒީރު ވިދާޅުވީ، މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ އެހެނިހެން ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން އެއްބާރުލުން ދެއްވައި އެކުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ނޭޕާލުގެ ޚާރިޖީ ވަޒީރު ޑރ. އާރުޒޫ ރަނާ ޑުއުބާ އަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ނޭޕާލަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS