ދުނިޔެ
އިޒްރާއީލުން 48 ގަޑިއިރު ތެރޭގައި އެހީގެ ތަކެތި ހޯދަން ގޮސް ތިބި މީހުންގެ ތެރެއިން 10 މީހަކު ޝަހީދުކޮށްލައިފި

ޣަައްޒާ ރައްޔިތުން އެހީގެ ތަކެއްޗާއި އެކު
އިޒްރާއިލުން ފާއިތުވި 24 ގަޑިއިރުތެރޭ އެހީގެ ތަކެތި ހޯދަން ގޮސް ފަލަސްތީނުގެ މީހުންގެ ތެރެއިން 10 މީހަކު ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ބަޔާނެއްގައި ބުނެފައިވަނީ، އެހީ ބަހާ ސަރަހައްދުގައި ޖަމާވެފައި ތިބި ބަނޑުހައިވެފައިވާ ފަލަސްތީނު އާންމުންނަށް އިޒްރާއީލު ސިފައިން ސީދާ އަމާޒުކޮށް ވަޒަން ޖަހައި ޖުމްލަ 62 މީހުން ޒަޚަމްކޮށްފައިވާ ކަމަށެވެ. މި ހާދިސާތައް ހިނގާފައިވަނީ ކިތައް ފަހަރު ނުވަތަ ކޮން ދުވަސްތަކެއްގައިކަން ސާފުކޮށް އެނގެން ނެތް ނަމަވެސް، ދެ ދުވަހުވެސް މަރުގެ ހާދިސާތައް ހިނގާފައިވާކަން އެނގެއެވެ.
އދ. ގެ އޮފިޝަލުންނާއި އިންސާނީ އެހީގެ ޖަމާއަތްތަކުން މި އެހީ ފޯރުކޮށްދިނުމުގެ ނިޒާމާ މެދު ފާޅުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނަނީ، އިޒްރާއީލުން އެހީ ފޯރުކޮށްދިނުމަށް ހުއްދަދީ، އެކަމުގެ ތަޖުރިބާ ހުރި ޖަމްއިއްޔާތަކަށް މަސައްކަތްކުރުމުގެ ފުރުސަތު ދީފިނަމަ، ޣައްޒާއަށް އެކަށީގެންވާ އަދި ރައްކާތެރި ގޮތެއްގައި އެހީ ފޯރުކޮށްދެވިދާނެ ކަމަށެވެ.
އދ. ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) ގެ އިސްވެރިޔާ އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ އެހީ ފޯރުކޮށްދިނުމުގެ ނިޒާމަކީ އަނިޔާވެރިކަމުން އެއްކިބާވެތިބެ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދޮ އިޒްރާއީލަށް ގޮވާލާފައިވަނީ އދ. ގެ އިންސާނީ އެހީގެ ނިޒާމުގެ ދަށުން އެކަން ކުރާ މީހުންނަށް އެކަން ކުރުމުގެ ފުރުސަތު ދިނުމަށެވެ.
ނިއުޔޯކުގައި ބޭއްވުނު އދ. ގެ ސަލާމަތީ ކައުންސިލްގެ ބައްދަލުވުމެއްގައި މި ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރެވިގެމް ދިޔައެެވެ. މިބައްދަލުވުމުގައި އަލްޖީރިއާ، ފްރާންސް އަދި ޔުނައިޓެޑް ކިންގްޑަމް ފަދަ ޤައުމުތަކުން އިޒްރާއީލަށް ގޮވާލާފައިވަނީ އެއްވެސް ހުރަހެއްނެތި އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށެވެ.
އދ. އަށް ފަލަސްތީނުގެ ސަފީރު ރިޔާޟް މަންސޫރު ވިދާޅުވެފައިވަނީ އިޒްރާއީލުން "އެހީ ބޭނުންކުރަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި" ކަމަށެވެ.
މި ހާލަތުގައި، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާކޮށް، ހުރިހާ ފަރާތްތަކަކުން އެއްބާރުލުން ދިނުމަކީ ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުން ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކެއެވެ.