Ads by Stelco

ޚަބަރު

ހުޅުމާލޭގައި ޞައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގައި ޞައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ރޭ ކުރިއަށް ގެންދިޔަ ރެއިޑް އޮޕްރޭޝަނުގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން

29 މޭ 2025، 01:24

ހުޅުމާލޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅެމުންދިޔަ 03 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ހުޅުމާލޭގެ ގެއެއް ބަލާފާސްކޮށްފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.

މިގްރޭޝަނުން ވިދާޅުވީ، އިއްޔެ ރޭ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި  މި ތަނުގައި ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުންނާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށައިފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ދަށުން މިހާރު ގިނަ ޢަދަދެއްގެ ބިސޭސީންނެއް އަތުލައިގަނެގައިވާއިރު، ގިނަ ޢަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS