ޚަބަރު
މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްއެންޔޫގެ ދަސްވެނިވުމެއްގެ ތެރެއިން/ފޮޓޯ: އެމްއެންޔޫ
މިސްރުގެ ހުންނަ އަލްއަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، އަޒްހަރު ޔުނިވަރސިޓީން 2 ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޖުމްލަ 22 ފުރުސަތަށް ހުށަހެޅުމަށް ހުލުވާލާފައިވާ ކަމަށެވެ.
މި ސްކޯލްރޝިޕްގެ ދަށުން، އަޒްހަރު ޔުނިވަރސިޓީން ބެޗެލަރސް އޮފް ޝަރީޢާ ކިޔެވުމަށް 5 ފުރުސަތު ހުޅުވާލާފައިވާއިރު، ބެޗެލަރސް އޮފް ސައިންޓިފިކް/ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް ޖުމްލަ 17 ފުރުސަތު ހުޅުވާލާފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މި ދާއިރާތަކުން ކިޔަވަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ 12:00 ގެ ކުރިން "މައި އެޑިއު" ޕޯޓަލް މެދުވެރިކޮށް ސްކޮލަރޝިޕަށް ކުރިމަތިލެވޭނެއެވެ.
މީގެ އިތުރުން މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޯލަރޝިޕަށް ކުރިމަތިލެވޭ ފަރާރްތަކުން ޝަހާދާ ޡާނަވިއްޔާއިން ފާސްވެފައިވުމަކީ މުހިންމު ޝަރުތެއް ކަމަށެވެ. ހަމަ އެހެންމެ، އަޕްލޯޑް ކުރެވިފައިވާ ޔުނިވަރސިޓީގެ މަޢުލޫމާތު ޝީޓުގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތުތައް ވެސް ފުރިހަމަވާންޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެނޑިޑޭޓުން އެ އެގްރިމެންޓުގައި ސޮއި ނުކުރާނަމަ މި ސްކޮލަރޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ނަމަވެސް، ސްކޯލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެހެން ސްކޯލަރޝިޕަކަށް ނޮމިނޭޓްވެފައިވާ އެއްވެސް ކެނޑިޑޭޓެއް މި ސްކޯލަރޝިޕަށް ނޮމިނޭޓް ނުކުރެވޭނެކަމަށެވެ.