Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާއެކު ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

29 މޭ 2025، 03:16

ދިވެހި ފުލުހުންގެ ޚިދުމަތުން ގއ. ވިލިނގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ޖާވިޔާ، ޖަޛްލާން ޢަލީ (28އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ހިނގާ މެއި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ރަށު މަގުމަތިން އޭނާ ހުއްޓުވަން އުޅުމުން އޭނާ އެއްލައިލި ތަކެތި ފުލުހުން ނަގައި ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.  މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6 ގުރާމެވެ.

މި މައްސަލާ ގުޅިގެން ޖަޛްލާން ޢަލީގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS