ޚަބަރު
އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް ޝަހީރު އައްޔަނު ކުރައްވައިފި
 
                    އަޙްމަދު ޝަހީރު
ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަޙްމަދު ޝަހީރު އައްޔަނުކުރައްވައިފިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އިޢުލާނުކޮށްފައެވެ.
އަޙްމަދު ޝދު ޝަހީރަކީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަންގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އެ މަޤާމަށް އައްޔަނުކުރެވުނީ މިދިޔަ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ. އަދި މީގެ އިތުރުން، ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުންޏެއް ކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފައިވެއެވެ.
ޝަހީރަކީ އެސްޓީއޯގައި 29 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އެ ކުންފުނީގެ އެންމެ ޚިދުމަތްތެރި މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޝަހީރުވަނީ އެސްޓީއޯގެ ގިނަ އިސް މަޤާމުތަކެއް ފުރުއްވާފައިވެއެވެ.
 
                 
                             
                                         
                 
                 
                                             
                                            