Ads by Stelco

ޚަބަރު

އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ނޫރައިން އައްޔަނުކޮށްފި

އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ނޫރައިން އައްޔަނުކޮށްފި

އައިޝާ ނޫރައިން ޖަނާހު/ފޮޓޯ: ރައީސް އޮފީސް

29 މޭ 2025، 05:32

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަޤާމަށް އައިޝާ ނޫރައިން ޖަނާހު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝާން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން "އެކްސް" ގައި ކުރި ޕޯސްޓެއްގައިވާ ވިދާޅުވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް - އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ހ. ސީސައިޑް އަލްފާޟިލާ އައިޝާ ނޫރައިން ޖަނާހު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

އައިޝާ ނޫރައިން ޖަނާހު މީގެކުރިން ހުންނެވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޗެއަރޕާސަން ކަމުގެ މަގާމުގައެވެ. މި މަޤާމަށް ނޫރައިން އައްޔަން ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް، އޭނާ ވަނީ ނިމިދިޔަ 2024 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ނޫރައިން އަކީ، ނިއުޒިލެންޑްގެ އެކި ޓްރަސްޓީ ބޯޑުތަކުގައި މެމްބަރުކަން ކުރައްވާފައިވާ ފަރާތެކެވެ. ހަމަ އެހެންމެ، އޭނާ ވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. އަދި އޭނާއަކީ 10 އަހަރު ދުވަހުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓެއްގެ އިތުރުން، އެކައުންޓިން ދާއިރާއިން ނޫރައިން ވަނީ މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ އެ ދާއިރާއިން ފާހަގަކޮށްލެވޭ އެވޯޑުތަކެއް ވެސް ހޯދައިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS