ދުނިޔެ

ޣައްޒާގެ އިންސާނީ ހާލަތާ ގުޅިގެން އިޒްރާއީލަށް ފިޔަވަޅު އަޅާނެކަމަށް ފްރާންސްގެ ރައީސް މެކްރޯން އިންޒާރުދީފި

ޣައްޒާގެ އިންސާނީ ހާލަތާ ގުޅިގެން އިޒްރާއީލަށް ފިޔަވަޅު އަޅާނެކަމަށް ފްރާންސްގެ ރައީސް މެކްރޯން އިންޒާރުދީފި

ފްރާންސްގެ ރައީސް މެކްރޯން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މޭ 2025، 05:31

30 މޭ 2025، 05:31

ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާއަށް އިޒްރާއީލުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އެ ޤައުމަށް ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ. 

މެކްރޯން މިހެން ވިދާޅުވެފައިވަނީ ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅެއްގައި އެ ޤައުމުގެ ބޮޑުވަޒީރު ލޯރެންސް ވޯންގްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިޒްރާއިލުން ޣައްޒާގައި ކުރިމަތިކޮށްފައިވާ ބަނޑުހައިހޫނުކަމުގެ ކާރިސާއާ ދޭތެރޭ ބައިނަލްއަޤްވާމީ މުޖުތަމައުއަށް ހަނުތިބެވެން ނެތް ކަމަށް މެކްރޯން ވިދާޅުވިއެވެ. މިހާރު ވެސް ގާތްގަނޑަކަށް ތިން މަސް ވަންދެން އިޒްރާއީލުން ވަނީ ޣައްޒާއަށް އެހީގެ އެއްވެސް ބާވަތެއް ވަނުން މަނާކޮށް، އެެއްކޮށް ބަންދުކޮށްފައެވެ. އަދި އެހީ ދޭ އޭޖެންސީތަކުން ވަނީ އެ ސަރަހައްދުގައި ބޮޑު ބަނޑުހައިހޫނުކަމެއް ކުރިމަތިވެދާނެ ކަމަށް އިންޒާރު ދީފައެވެ.

މެކްރޯން ވިދާޅުވެފައިވަނީ އިޒްރާއިލުން ޣައްޒާއަށް އެހީވަނަނުދީ ބަންދުކުރުމުގެ ސަބަބުން ޣައްޒާގެ ބިމުގައި ކަންބޮޑުވާންެޖެހޭ މިންވަރަށް ބަނޑުހައިހޫނު ކަން ފެތުރިގެން ގޮސްފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގައި މިހާރު އިންސާނީ ހާލަތުއޮތްގޮތާއި އެކަށީގެންނުވާ ފަދަ ޖަވާބެއް ނުލިބިއްޖެނަމަ، އަޅުގަނޑުމެންގެ ޖަމާއީ މައުގިފު ހަރުކަށިކުރަން ޖެހޭނެ ކަމަށެވެ.އަދި ނުހައްޤުން ފަލަސްޠީނުގެ ބިމަށް އަރައިގަނެގެން ތިބި އިޒްރާއީލްގެ ރައްޔތިުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފްރާންސްއިން ވިސްނަފާނެ ކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.

ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަކީ ހަމައެކަނި އަޚްލާޤީ ޒިންމާއެއް ނޫން ކަމަށާއި ސިޔާސީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މެކްރޯން ވިދާޅުވިއެވެ. ނަމަވެސް އެކަން ވާންޖެހޭނީ ވަކި ޝަރުތުތަކެއްގެ ދަށުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފްރާންސްއާއި ސައުދީ އަރަބިއްޔާއިން ޖޫން 17 އިން 20 އަށް އދ. ގައި ބާއްވާ ކޮންފަރެންސެއްގައި ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް މަގުދައްކައިދޭ ރޯޑްމެޕެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.

 މި ރޯޑްމެޕްގައި އިޒްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ވެސް ހިމެނޭނެއެވެ. ނަމަވެސް ބައެއް ޑިޕްލޮމެޓުންނާއި މާހިރުން ދެކޭގޮތުގައި މިފަދަ ފިޔަވަޅުތަކުން އިޒްރާއީލު ރުޅިއަރުވައި، ހުޅަނގުގެ ޤައުމުތަކުގެ މެދުގައި ބައިބައިވުން އިތުރުވެގެން ހިނގައިދާނެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS