Ads by Stelco

ޚަބަރު

މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުގެ ޚިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރައްވައިފި

މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުގެ ޚިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރައްވައިފި

މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެގޮތުން ހަނދާނީ ލިޔުން ދިނުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

31 މޭ 2025، 12:20

ދިވެހި ޙައްޖުވެރިންނަަށް މުޅިން އަލަށް ތަޢާރަފްކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފިއެވެ.

މިކަމަށްޓަކައި ރޭ ވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ އޮފިޝަލުންގެ އަގުވަޒަންކުރުމުގެގޮތުން ވަނީ، ހަނދާނީ ލިޔުން ދެއްވާފައެވެ. މި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، މައްކާ ރޫޓު އިނީޝިއޭޓިވް ޓީމު ރާއްޖެ ވަޑައިގެން ދިވެހި ޙައްޖުވެރިންނަށް ދެއްވި އަގުނުކުރެވޭފަދަ ޚިދުމަތަށް ޝުކުރު އަދާ ކުރައްވާފައެވެ. ހަމަ އެހެންމެ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔައީ ބޮޑު ލުއިފަސޭހައެއްކަން ފާހަަގަކުރައްވާ، މިކަމުގައި ރާއްޖެ ހިމެނުއްވެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދަތުރުކުރި 4 ފްލައިޓުގެ ޙައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ އިމިގްރޭޝަންގެ ކަންތައްތައް އެއްކޮށް ފުރިހަމަކޮށްފައިވާއިރު، ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ގިނަ ވަގުތު މަޑުކުރަން ނުޖެހި ހޮޓަލަށް ދިޔުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS