Ads by Stelco

ޚަބަރު

ޙައްޖުވެރިންގެ ހަތަރު ވަނަ ފްލައިޓުގައި 250 ޙައްޖުވެރިން ސަޢުދީއަށް

ޙައްޖުވެރިންގެ ހަތަރު ވަނަ ފްލައިޓުގައި 250 ޙައްޖުވެރިން ސަޢުދީއަށް

ޙައްޖުވެރިންގެ ހަތަރު ވަނަ ފްލައިޓުގައި 250 ޙައްޖުވެރިން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

31 މޭ 2025، 12:21

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފަހު ގްރޫޕް އިއްޔެ މެންދުރުފަހު ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.

މި ގުރޫޕް ފުރާފައިވަނީ އިއްޔެ މެންދުރުފަހު 15:20 ހާއިރު ސަޢުދީ އެއާލައިނުންނެވެ. މި ފްލައިޓުގައި ޖުމްލަ 250 ޙައްޖުވެރިން ދަތުރުކުރިއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓަށް ޖައްސާފައިވަނީ ރޭ 21:00 ހާއިރުއެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުން ވަނީ ޙައްޖުވެރިންނަށް އެއަރޕޯޓަށް ދިއުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. މާލެއާއި ހުޅުމާލެއިން ބަހުގައި އަދި ފެރީގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ. ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން، ޙައްޖުވެރިން 4 ގުރޫޕަކަށް ބަހާލައިގެން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާއިރު، ސަޢުދީ އެއަރލައިންގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓްތަކުގައިވެސް ދަތުރުކުރެއެވެ.

ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން މިކަމަށް މަގުފަހިވެފައިވާއިރު، މިކަމުގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެ އަވަހަށް ހޮޓަލަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS