Ads by Stelco

ޚަބަރު

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ގަސް އިންދައިފި

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ގަސް އިންދައިފި

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ގަސް އިންދުން/ފޮޓޯ: ޕީއެސްއެމް

31 މޭ 2025، 02:11

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި ސަރުކާރުން ފަށާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ގަސް އިންދައިފި އެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަޝްރޫޢުގެ ދަށުން މިއަދާހަމައަށް 565،890 ގަސް ވަނީ އިންދާފައެވެ.

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގަސް އިންދުމަށް ވަޢުދުވި ކުންފުނިތައް

  • ރޯޒްވުޑް - 1،478،244 ގަސް
  • އެޗްޑީސީ – 1،000،000 ގަސް
  • އެމްޕީއެލް – 1،000،000 ގަސް
  • އެސްޑީއެމް ފަރމް – 750،000 ގަސް
  • އާރްއޭސީއެލް – 500،000 ގަސް
  • ސްޓެލްކޯ – 600،000 ގަސް
  • އެހެނިހެން – 1،002،856 ގަސް

މި ޕްރޮގްރާމަށް ސަރުކާރުގެ އެކި ކުންފުނިތަކާއި ޢާންމު ރައްޔިތުންގެ ފަރާތުން ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން، މި ޕްރޮގްރާމްގެ ދަށުން އެންމެ ބޮޑަށް އިސްކަން ދެއްވާފައިވަނީ ދިވެހިރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ރާއްޖޭގައި ނެތެމުންދާ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS