ވިޔަފާރި / ރިޕޯޓް

ސްޓެލްކޯގެ ރީޖަނަލް ސްކާޑާ ނިޒާމް: މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ޚަރަދުތައް ކުޑަކުރުމުގެ ވަސީލަތެއް

ސްޓެލްކޯގެ ރީޖަނަލް ސްކާޑާ ނިޒާމް: މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ޚަރަދުތައް ކުޑަކުރުމުގެ ވަސީލަތެއް

ސްޓެލްކޯގެ ސްކާޑާ ސިސްޓަމްގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާކުރައްވަނީ ފޮޓޯ: ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2025، 03:36

31 މޭ 2025، 03:36

ވަކިވަކި ރަށްތަކަކުން އެކުލެވިފައިވިފައިވާ ޤައުމެއްގައި، ގޮންޖެހުންތަކުން އެއްކިބާވެ  އިތުބާރުހުރި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ސްޓެލްކޯގެ އެންމެ ފަހުގެ އައު އީޖާދު ކަމުގައިވާ "ރީޖަނަލް ސްކާޑާ" ސިސްޓަމަކީ ދިވެހިރާއްޖޭގައި ކަރަންޓު އުފެއްދުން ބެލެހެއްޓުމާއި މޮނިޓަރކުރުމުގައި ބޮޑު ބަދަލެއް ގެނެސްދޭނެ އިންޤިލާބީ އުފެއްދުމެކެވެ.

މޯލްޑިވްސް އެކްސްޕޯ 2025 ނުވަތަ ދިވެހީންގ އުފެއްދުންތެރިކަމުގެ މައުރަޒުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ވަނީ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކެޓަގަރީއިން މިފުރިހަމަ އުފެއްވުމަށް އެއްވަނަ ހާސިލުކޮށްފައެވެ.

ސްޓެލްކޯގެ ރީޖަނަލް ސްކާޑާ ނިޒާމް: މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ޚަރަދުތައް ކުޑަކުރުމުގެ ވަސީލަތެއް

ސްޓެލްކޯއަށް ލިބިފައިވަނީ ސަރުކާރު ޙިއްސާވާކުންފުނިތަކުގެ ދާއިރާއިން ފަޚްރުވެރި އެއްވަނަ

ރީޖަނަލް ސްކާޑާ (ސުޕަވައިޒަރީ ކޮންޓްރޯލް އެންޑް ޑޭޓާ އެކުއިޒިޝަން) އަކީ ސްޓެލްކޯގެ އަމިއްލަ އިންޖިނިއަރިންގ އަދި ޓެކްނޮލޮޖީ ޓީމުތަކުން ތައްޔާރުކޮށްފައިވާ ޚާއްޞަ ގޮތަކަށް ފަރުމާކުރެވިފައިވާ، މަރުކަޒީ ޕްލެޓްފޯމެކެވެ. މިއީ  ސަރަޙައްދީ ރަށްތަކުގައި ހަކަތައިގެ މަސައްކަތްތަކަށް ރިއަލްޓައިމް އިންޓެލިޖެންސް ގެނެސްދިނުމަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.ސްކާޑާއާއެކު، ސްޓެލްކޯއިން ހަކަތައިގެ ދާއިރާއަށް މިވަނީ  ޒަމާނީ ޑިޖިޓަލް ބަދަލެއް ގެނެސްދީފައެވެ.

"ރީޖަނަލް ސްކާޑާ" ސިސްޓަމް އަކީ ކޮބާ؟
ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލްކޯގެ ދަށުން ހިންގާ ރަށްތަކުގެ ކަރަންޓު އުފެއްދުމާ ގުޅޭ ލައިވް ޑޭޓާ ފޯރުކޮށްދޭ ސްމާޓް މޮނިޓަރިންގ ޕްލެޓްފޯމެކެވެ. ކަރަންޓު އުފެއްދުމުގެ މިންގަނޑުތަކުން ފެށިގެން މައްސަލަތައް ދެނެގަތުމާ ހަމައަށް، މި ސިސްޓަމުން އޮޕަރޭޓަރުންނަށް އަންނަނިވި ކަންކަން ދެނެގަނެވެއެވެ.

 ކުއްލިއަކަށް ކަރަންޓު ކެނޑޭ ވަގުތު މަދުކުރެވޭ
 މައްސަލަތައް ވަގުތުން ދެނެގަނެ، ކަރަންޓު ޚިދުމަތުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވޭ
 ޕަރފޯމަންސް ޑޭޓާ ދިރާސާކޮށް އައުޓްޕުޓް އެންމެ ރަނގަޅުކުރުން
 ޑިމާންޑް ލަފާކޮށް މުސްތަޤުބަލުގެ ހަކަތައިގެ ކުރިމަގުގައި ކަރަންޓަށް ބޭނުންވާނެ މިންވަރު އަންދާޒާކުރުމަށް ފަސޭހަވުން

މިސިސްޓަމް ފަރުމާކޮށްފައިވަނީ މެދުނުކެނޑި ސައުވީސްގަޑިއިރު މަސައްކަތްކުރާ ގޮތަށެވެ. މައްސަލައެއް ދިމާވެއްޖެނަމަ މިސިސްޓަމުން ވަގުތުން އެލަރޓް ކުރެއެވެ.

ހަކަތަ ބެލެހެއްޓުމަށް ވިސްނުންތެރި ޙައްލެއް
ކުރިން ކަރަންޓު ކެނޑުނީމާ މައްސަލަ ދެނެގަތުމަށް ވަގުތާއި ގިނަ މަސައްކަތްތަކެއް ހޭދަވެއެވެ. މިހާރު،ސްޓެލްކޯގެ މަރުކަޒީ އޮޕަރޭޝަންސް ޓީމަށް ވަގުތުން ކަންތައްތައް ހިނގާ ގޮތް ފެނި، މައްސަލަ ވަގުތުން ދެނެގަނެ، އަދި އަމާޒުކުރެވިފައިވާ ފިޔަވަޅުތައް އެޅުމަށް ވިލަރެސްކުރެވެއެވެ. މިއީ ވަގުތާއި، ފައިސާ ސަލާމަތްކޮށް، އަދި ކުއްލިއަކަށް ކަރަންޓް ކެނޑުމުގެ މައްސަލަތައް މަދުކުރެވޭނެ  ގޮތެކެވެ.

ސްޓެލްކޯގެ ރީޖަނަލް ސްކާޑާ ނިޒާމް: މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ޚަރަދުތައް ކުޑަކުރުމުގެ ވަސީލަތެއް

ރައީސުލް ޖުމްހޫރިއްޔާ ސްޓެލްކޯގެ ސްކާޑާ ސިސްޓަމާއި ބެހޭ މައުލޫމާތު އަޑުެއައްސަވަނީ

ރީޖަނަލް ސްކާޑާ ސިސްޓަމުން ހަކަތައިގެ ދާއިރާގައި ދިވެހި ހުނަރުވެރި އެތައް ހީވާގި މަސައްކަތްތެރިން ތިބިކަން ހާމަވެއެވެ.ސްޓެލްކޯއިން ހަމައެކަނި ޤައުމަށް ހަކަތަ ފޯރުކޮށްދިނުމުގެ ބަދަލުގައި،  އީޖާދީ އުފެއްދުންތެރިކަންވަނީ ދައްކުވައިދީފައެވެ.ސްޓެލްކޯ އިން ބުނެފައިވަނީ މި ކާމިޔާބީއަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމުގެ ނަތީޖާ ކަމަށާއި އެ ކާމިޔާބީގައި ހުރިހާ މުވައްޒަފުންގެ ދައުރެއްވާ ކަމަށެވެ.

ސްޓެލްކޯގެ ރީޖަނަލް ސްކާޑާ ނިޒާމް: މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ޚަރަދުތައް ކުޑަކުރުމުގެ ވަސީލަތެއް

ސްޓެލްކޯގެ ހީވާގި މަސައްކަތްތެރިން

އުފެއްދުންތެރިކަމުގެ މިފަދަ އީޖާދުތަކަކީ ސްޓެލްކޯގެ ދުރު ރާސްތާގެ ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

ރީޖަނަލް ސްކާޑާ ސިސްޓަމް ތަޢާރަފުކުރުމަކީ ހަމައެކަނި ޓެކްނޮލޮޖީގެ ގޮތުން ކުރިއަށް އެޅޭ ފިޔަވަޅެއްނޫނެވެ. މިއީ ދިވެހިރާއްޖޭގައި ހަކަތަ ފޯރުކޮށްދެވޭ އަދި ބެލެހެއްޓޭ ގޮތް އިތުރަށް ހަރުދަނާވެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިއްބައިދޭނެ ފިޔަވަޅެކެވެ. އަޅުގަނޑުމެންގެ ޤައުމު ތަރައްޤީވަމުންދާއިރު، ސްޓެލްކޯއިން ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް ލުއިފަސޭހަ، ސްމާޓް، އަދި ދެމެހެއްޓެނިވި ހަކަތައިގެ މުސްތަޤުބަލެއް ބިނާކޮށްދެއްވުމަށް ދަނީ ގިނަމަސައްކަތްތަކެއް ކޮށްދެއްވަމުނެވެ.



މި ލިޔުން ކިޔާލުމުން

Ads by MSS