Ads by Stelco

ޚަބަރު

މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުކެނޑިދާނެ : ސްޓެލްކޯ

މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުކެނޑިދާނެ : ސްޓެލްކޯ

ސްޓެލްކޯ ފޮޓޯ: ދައެރައިވަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2025، 03:47

31 މޭ 2025، 03:47

މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކުޑަވަގުތުކޮޅަކަށް ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވަނީ އަންގާފައެވެ.

ސްޓެލްކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ  ކަމަށެވެ.



މި މަސައްކަތަކީ މާލޭގެ ކަރަންޓު ވިއުގަ ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި މި މަސައްކަތުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS