Ads by Stelco

ޚަބަރު

ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ޙައްޖު މިޝަން

ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ޙައްޖު މިޝަން

ޙައްޖަށް ދިޔަ ދިވެހީން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

01 ޖޫން 2025، 10:53

ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ޙާޖީންގެ ވެސް ހާލު ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަން އިން ވިދާޅުވެއްޖެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1000 ޙައްޖާޖީން މިހާރު ވަނީ މައްކާއަށް ގޮސްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހަތަރު ފްލައިޓެއްގެ މަތިން ޙައްޖާޖީން މައްކާއަށް ގޮސްފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ޙައްޖުވެރިންގެ ދަތުރަށް ވަރަށް ބޮޑު ލުއިފަސޭހައަށް ލިބިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔައިރު މިކަމުގެ ހިތްހަމަޖެހުން ޙައްޖުވެރިން ފާހަގަކުރައްވާފައިވާކަމަށް އެ ވުޒާރާއިން  މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އެ ވުޒާާރާއިން ވިދާޅުވީ، ޙައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާ ކަމަށެވެ. ހަމަ އެހެންމެ، ޙައްޖުވެރިންނާއި ގުޅޭ އެންމެހާ ކަންކަން ސަޢުދީ ސަރުކާރާއި ގުޅިގެން ދިވެހި ޙައްޖު މިޝަންއިން ކުރަމުން އަންނަކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS