Ads by Stelco

ޚަބަރު

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ބާއްވައިފި

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ބާއްވައިފި

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ފުލުހުން

01 ޖޫން 2025، 11:17

ދިވެހި ފުލުހުންގެ ޚިދުމަތުގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު އެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙުމާން އާއި، ކޮލެޖުގެ އިސްވެރިންނާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑު އޮފިސަރުންގެ އިތުރުން، އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ 39 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙުސައިން ތައިމްއެވެ. އަދި ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ވެސް ހޮވުނީ މި ދަރިވަރެވެ. މި ދަރިވަރަށް ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މި ކޯހުގެ އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ ރަންވިއްކާ ސްކޮޑެވެ. މި ސްކޮޑުން 1ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙުސައިން ތައިމްއެވެ. އަދި އައިނެއްލާ ސްކޮޑުން 1ވަނަ ދަރިވަރަކަށް ސީނިއަރ ސަރޖަންޓް ޢަލީ ފަރުހާން ހޮވުނުއިރު ހާޖީ ސްކޮޑުން 1ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އައިޝަތު މާޝާ މުޙައްމަދުއެވެ. އަދި ބީފާން ސްކޮޑުން 1ވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިމިނަތު ހަމްނާ އަޙްމަދުއެވެ ހޮވިފައިވާއިރު، އަންބަރީ ސްކޮޑުން 1ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އައިމިނަތު ޝަހާ ޝާމިންއެވެ. 

މި ކޯހުގައި ޖުމްލަ 210 ފުލުހުން ވަނީ ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުންނެވެ. މި ކޯހުގައި ކަނޑައަޅާފައިވާ މިންގަނޑަށް ފާސްވެ، ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވަނީ 196 ފުލުހުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS