Ads by Stelco

ޚަބަރު

މާލޭގެ ހުރިހާ ސަރަޙައްދަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި: ސްޓެލްކޯ

މާލޭގެ ހުރިހާ ސަރަޙައްދަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި: ސްޓެލްކޯ

ސްޓެލްކޯ ފޮޓޯ: ޓައިމްސް އޮފް އައްޑޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2025، 06:39

01 ޖޫން 2025، 06:39

ހުޅުމާލޭ ރުއްގަނޑު 1 ސަރަޙައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއް ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރެއް މިހާރު ވަނީ އެނަރޖައިޒް ކުރެވިފައިކަމަށާއި މާލޭގެ ހުރިހާ ސަރަޙައްދަކަށް މިހާރު ވަނީ ކަރަންޓު ދެވިފައިކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

 ސްޓެލްކޯއިން ބުނެފައިވަނީ މި ދެންނެވި ޓްރާންސްފޯމަރު ހުރި ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އަވަހަށް ސްޓެލްކޯގެ އިމަރޖެންސީ ނަންބަރު 104 އަށް ގުޅުއްވުމަށެވެ.

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު 12:35 އެހާކަންހާއިރެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނީ، ކަރަންޓު ކެނޑެން ދިމާވީ އިންޓަ ކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުން ކަމަށެވެ. އެކަމަކު، މާ ބޮޑު މައްސަލައެއް ދިމާވެފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.އެހެންވެ، މިއަދުގެ އިރުއޮއްސުމުގެ ކުރިން މުޅި މާލެއަށް ކަރަންޓު ދެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންވެ، ފުލުހުން ވަނީ މި މައްސަލަ އިތުރަށް ބަލަން ޚާއްސަ ތަހުޤީގެއް ފަށައިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS