Ads by Stelco

ޚަބަރު

މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން : ސްޓެލްކޯ އެމްޑީ

މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް  އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން : ސްޓެލްކޯ އެމްޑީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2025، 07:01

01 ޖޫން 2025، 07:01

ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށް، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ   ހުސައިން ފަހުމީ  ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ކަރަންޓު އަލުން ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ވަނީ ދަންނަވާފައެވެ.

އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް ވަނީ މަޢާފަށް އެދިލައްވާފައެވެ.

މީގެ އިތުރުން، މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނެގަނެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގެ އެމްޑީ ދެއްވާފައިވެއެވެ.



ކަރަންޓު ކެނޑުމާއެކު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އަންގަވާފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކަރަންޓު ކެނޑުނު މައްސަލަ ހިނގި ގޮތް ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް މިހާރު ވަނީ ތަޙުޤީޤެއް ފަށާފައެވެ. ކަރަންޓު ކެނޑުމާ ގުޅިގެން އެމްޓީސީސީން ވަނީ ބަހުގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. މި އިންތިޒާމު ހަމަޖައްސާފައިވަނީ ޓިކެޓިން ޚިދުމަތަށް ބުރުއެރުމުގެ ސަބަބުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS