Ads by Exprox

ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ ސްމާޓް ކްލާސް ރޫމްތަކާއި އެކު މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އަޅަނީ!

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ ސްމާޓް ކްލާސް ރޫމްތަކާއި އެކު މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އަޅަނީ!

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 04:15

26 އޯގަސްޓު 2024، 04:15

ހުލާސާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ ސްމާޓް ކްލާސް ރޫމްތަކާއި އެކު މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް މިއަންނަ އަހަރު އަޅާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ ސްމާޓް ކްލާސް ރޫމްތަކާއި އެކު މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އަޅާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. 

މަޖީދިއްޔާ ސްކޫލްގެ “ސައްތަވީ ބިނާ" އިފުތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ މިއަންނަ އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫޢުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރިތަނުގައި އެޅުމަށް ހަމަޖެހިފައިވާކަމަށާއި އޭގެތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ސްމާޓް ކުލާސްތަކުގެ ގޮތުގައިކަމަށެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަޚުރެއްކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި އިމާރާތް ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާކަމުގައެވެ. 

އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގޭ ތާރީޚީ ތަޢުލީމީ ހަޔާތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco