ދުނިޔެ

އިޓަލީގެ އެމިލިއާ-ރޮމަގްނާ ސަރަޙައްދުން އިސްރާއީލު ސަރުކާރާ އޮތް ގުޅުން ރަސްމީކޮށް ކަނޑާލައިފި

އިޓަލީގެ އެމިލިއާ-ރޮމަގްނާ ސަރަޙައްދުން އިސްރާއީލު ސަރުކާރާ އޮތް ގުޅުން ރަސްމީކޮށް ކަނޑާލައިފި

އިޓަލީން ފަލަސްޠީނުގެ ޙައްޤުގައި ކުރި މުޒާހަރާއެއް/ފޮޓޯ: އަނަޑޮލޫ އެޖެންސީ

02 ޖޫން 2025، 05:30

އިޓަލީގެ އެމިލިއާ-ރޮމަގްނާ ސަރަޙައްދުން އިސްރާއީލު ސަރުކާރާ އޮތް ގުޅުން ރަސްމީކޮށް ކަނޑާލައިފިއެވެ.

އިޓަލީގެ އުތުރުގައި އޮންނަ މި ސަރަޙައްދުން ވަނީ އިސްރާއީލު ސަރުކާރާއެކު ހުރިހާ މުއައްސަސާއަކުން އޮންނަ ގުޅުން ރަސްމީކޮށް ކަނޑާލާފައެވެ.

އިޓަލީގެ އެޖެންސީއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމިލިއާ-ރޮމަގްނާ ސަރަޙައްދުގެ ރައީސް މިޝޭލް ޑި ޕަސްކޭލް ވަނީ މިކަން އިޢުލާންކުރެއްވުމަށްފަހު، އިސްރާއީލު ސަރުކާރާ ގުޅިފައިވާ ހުރިހާ ޖަމިއްޔާތަކާ އެކު އޮންނަ ގުޅުން ހުއްޓާލުމަށް ސަރަޙައްދީ އިދާރާތަކަށް ގޮވާލައްއްވާފައެވެ. އަދި އޭނާ ވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތައް ދަމަހައްޓަންދެން މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިސްރާއިލް ސަރުކާރަކީ ފާޅުގައި ވައުދުނުވާ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރަށް މިޝޭލް ޑި ޕަސްކޭލް ވިދާޅުވީ، އޭނާގެ މި ނިންމެވުމަކީ އިސްރާއިލުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ނިންމެވި ނިންމެވުމެއް ނޫންކަމަށާއި، މިކަމަކީ ސީދާ އިސްރާއިލުގެ ސަރުކާރާއި ދެކޮޅަށް އޮތް ނިންމެވުމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS