ވިޔަފާރި / ޚަބަރު

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި "ކުޑަކުދިންގެ ބުކްފެސްޓް 2025" ފޮތް މައުރަޒު ފަށައިފި

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި "ކުޑަކުދިންގެ ބުކްފެސްޓް 2025" ފޮތް މައުރަޒު ފަށައިފި

"ކުޑަކުދިންގެ ބުކްފެސްޓް 2025" ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2025، 07:55

02 ޖޫން 2025، 07:55

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި "ކުޑަކުދިންގެ ބުކްފެސްޓް 2025" ގެ ނަމުގައި ފޮތް މައުރަޒެއް މިއަދު ފަށައިފިއެވެ. މި މައުރަޒަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދަގަތަ ޕަބްލިޝާސް އަދި ކޮއްކޮމެން ޕްރީ ސްކޫލް ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ ފޮތް މައުރަޒެކެވެ.

މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ހިތްތަކުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމާއި، އެކި ވައްތަރުގެ ފޮތްތައް އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. މައުރަޒުގައި ތަފާތު އެކި ވައްތަރުތަކުގެ ފޮތްތައް ލިބެން ހުންނާނެކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ތިން ދަންފަޅިއަކަށެވެ. އެއީ މެންދުރު 13:30 އިން 15:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:45 އަށެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS