Ads by Stelco

ޚަބަރު

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން/ފޮޓޯ: ފުލުހުން

03 ޖޫން 2025، 11:43

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ޕޮލިސްގައި ޤާއިމްކުރެވޭ ކުޅިވަރު ވަޞީލަތްތަކަކީ ދެ ފަރާތުން ބޭނުންކުރެވޭ ގޮތަށް ތަރައްޤީކުރެވޭ ވަސީލަތްތަކެއް ކަމަށެވެ. ހަމަ އެހެންމެ، މި އެއްބަސްވުމުގެ ސަބަބުން ވިލިމާލޭގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރެވި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދީ، ހަށިހެޔޮ ޞިއްޙަތެއްގައި ތިބި ބަޔަކު އުފެދިގެންދާނެއެވެ. 

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދުޅަހެޔޮ ވެށްޓެއް ޤާއިމްކުރުމުގެ ސަބަބުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ވެސް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، މި މަސައްކަތުގެ ސަބަބުން ދެ މުއައްސަސާގެ ގުޅުމާއި ވިލިމާލޭގެ އިޖްތިމާޢީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ވިލިމާލޭ ޕޮލިސްގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އިތުރަށް ތަރައްޤީކޮށް އިތުރު ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS