Ads by Stelco

ޚަބަރު

ހުޅުމާލޭގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި 16 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި 16 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2/ފޮޓޯ: މިހާރު

04 ޖޫން 2025، 11:12

ރޭ ހުޅުމާލެ ފޭސް-2 ގެ ހިޔާ ޕާކު ސަރަޙައްދުގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި 16 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މާރާމާރިގައި އަނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށެވެ. އަދި މި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ހަމަލާ ދިން ހިސާބުގެ ބިން މައްޗަށް ލޭ އެޅިފައި ހުރިކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި އަނިޔާވި މީހާ ސްޓްރެޗަރގައި ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ. މި މަހުގެ 1 ވަނަ ދުވަހުގެރޭ މާލޭގައި ވެސް ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ ބަނގުލަދޭޝްގެ ރައްޔިތަކަށެވެ.

ފަހަކަށް އައިސް ކުޑަކުދިން ކުށުގެ ވެށީގައި ޝާމިލްވާ މައްސަލަތައް ވަނީ ވަރަށް ގިނައިން ފެންމަތިވެފައެވެ. އަދި މިފަދަ ކަންކަން ހުއްޓުމަށް ކަމާ ބެހޭ އިދާރާތަކުން އެންމެ އެދެވޭ މަސައްކަތެއް އަދި ކުރެވިފައި ނުވި ނަމަވެސް، މިފަދަ ކަންކަން ހުއްޓުވުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS