Ads by Stelco

ޚަބަރު

މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއަކު ނިޔާވެއްޖެ

މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއަކު ނިޔާވެއްޖެ

މާފުށި ޖަލު/ފޮޓޯ: އަދަދު

05 ޖޫން 2025، 12:07

މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއަކު ނިޔާވެއްޖެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިިދާޅުވެއްޖެއެވެ.

ކަރެކްޝަންސް އިން ވިދާޅުވީ، ރޭގެ ވަޤުތެއްގައި ނިޔާވެފައިވަނީ މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ނ. މާފަރު/ހިތްފަސޭހަގެ، މޫސާ ޙަސަން (45އ) ކަމަށެވެ.

މޫސާ ޙަސަން އަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ. އަދި މިދިޔަ އޭޕްރީލް މަހު އޭނާގެ ޞިއްޙީ ޙާލަތު ދަށްވުމުގެ ސަބަބުން އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާދޭން ފަށައިފައެވެ. އޭނާ ނިޔާވެފައިވަނީ، ޖޫން 5 ވަނަ ދުވަހުގެ މެންދަމުގެ ވަޤުތެއްގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެންކަމަށް ކަރެކްޝަންސް އިން މަޢުލޫމާތުދެއެވެ.

މި މީހާ ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ އެކަން ވަގުތުން ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އޭނާގެ ޢާއިލާއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS