Ads by Stelco

ޚަބަރު

ޢީދު ބަންދާ ގުޅިގެން ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ބަންދުވާނެ: ސްޓެލްކޯ

ޢީދު ބަންދާ ގުޅިގެން ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ބަންދުވާނެ: ސްޓެލްކޯ

ސްޓެލްކޯ/ފޮޓޯ: ސައުވީސް

05 ޖޫން 2025، 12:42

ޢީދު ބަންދާ ގުޅިގެން ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ބަންދުވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން ވިދާޅުވީ، މިއަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދުގެ ޚާއްޞަ މުނާސަބަތާއި ގުޅިގެން ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ބަންދުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ބަންދުވާނެކަމަށް ސްޓެލްކޯ އިން މަޢުލޫމާތުދެއެވެ.

މީގެ އިތުރަށް ސްޓެލްކޯ އިން ވިދާޅުވީ، މި ދުވަސްތަކުގައި ވެސް އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ. އެހެންކަމުން، ކަސްޓަމަރުންނަށް އެއްވެސް ދަތިތަކެއް ދިމާވާނަމަ، އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ނަމްބަރު 1545 އަށް ގުޅުއްވުމަށް ސްޓެލްކޯ އިން ވަނީ އެދިލައްވާފައެވެ.

ޢީދު ބަންދާއި ގުޅިގެން ސަރުކާރުގެ ގިނަ ޚިދުމަތްތައް ބަންދުވެފައިވީ ނަމަވެސް، އިިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރުން ފަދަ މުހިންމު ޚިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS