Ads by Stelco

ޚަބަރު

ޢީދު ދުވަހު އެމްޓީސީސީ ބަސް އަދި ފެރީގެ ޚިދުމަތްތައް ފަށާނެ ގަޑިތަކަށް ބަދަލުތަކެއް

ޢީދު ދުވަހު އެމްޓީސީސީ ބަސް އަދި ފެރީގެ ޚިދުމަތްތައް ފަށާނެ ގަޑިތަކަށް ބަދަލުތަކެއް

އެމްޓީސީސީ ބަސް/ފޮޓޯ: ކޮރަލްގްލާސް މާކެޓް

05 ޖޫން 2025، 01:28

ޢީދު ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ ގެ ބަސް އަދި ފެރީގެ ޚިދުމަތްތައް ފަށާނެ ގަޑިތައް އާންމުކޮށްފިއެވެ.

އެމްޓީސީސީން ވިދާޅުވީ، މާލެ ސަރަޙައްދުގައި ދަތުރުކުރާ ބަސްތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ފެށިގެން ކަމަށެވެ. ނަމަވެސް، ބަހުން ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޢީދު ނަމާދު ފެށުމުގެ ކުރިން މާލެ، ހުޅުމާލެ، ފޭސް-1، އަދި ފޭސް-2 އަކުން އެއަރޕޯޓަށް ފަތިހު 5:30 އަދި 06:00 ގައި ބަސްތައް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މީގެ އިތުރުން، ޢީދު ދުވަހު ވިލިމާލެ ބަސް ހިދުމަތުގެ ދަތުރުތައް 6:00 އިން ފެށިގެން 8:00 އަށް މެދުކަނޑާލާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ޢީދު ދުވަހު އެމްޓީސީސީގެ ފެރީގެ ޚިދުމަތްތައް ފަށާނެ ގަޑިތައް:

  • މާލެ - ތިލަފުށި : ހެނދުނު 8:30
  • ތިލަފުށި - މާލެ : ހެނދުނު 9:00
  • ހުޅުމާލެ - މާލެ : މެންދުރު 14:00
  • މާލެ - ހުޅުމާލެ: މެންދުރު 14:30

މީގެ އިތުރުން އެމްޓީސީސީން ވިދާޅުވީ، އެ ކުންފުނިން އަތޮޅުތެރެއަށް ފޯރުކޮށްދެމުންދާ ސީއެފްއެން ލަކުނޑި ފެރީއާއި އާރްޓީއެލް ފެރީގެ ދަތުރުތައް އަޟްޙާ ޢީދު ދުވަހާއި ގުޅިގެން ޝެޑިއުލް ކުރެވިފައިނުވާ ކަމަށެވެ. އަދި އެމްޓީސީސީ އިން ދެމުންގެންދާ އެއްވެސް ޚިދުމަތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވަން ބޭނުންވާނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS