Ads by Exprox

ޚަބަރު

ވަގަށްނެގި 50,000 ރުފިޔާގެ ރިހާކުރު ހޯދައިފި!

ވަގަށްނެގި 50,000 ރުފިޔާގެ ރިހާކުރު ހޯދައިފި!

މާލެ ނޯތް ހާބަރު. ފޮޓޯ:އެމްޕީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 04:00

26 އޯގަސްޓު 2024، 04:00

ހުލާސާ

މާލޭ ނޯތް ހާބަރުން ވަގަށްނެގި 50,000 ރުފިޔާގެ ރިހާކުރު ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފިއެވެ.

މާލޭ ނޯތް ހާބަރުން ވަގަށްނެގި 50,000 ރުފިޔާގެ ރިހާކުރު ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފިއެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މާލޭ ނޯތު ހާބަރުގައި އޮތް ބޯޓަކުން ވަގަށް ނެގި ރިހާކުރު ޓައްޕުތަކުގެ ޖުމުލައަގު 50,000 ރުފިޔާއަށް އަރާނެކަމަށް އޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓުކުރެވުނީ މިދިޔަ ހުކުރު ދުވަހު ކަމަށްެވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލަ ރިޕޯޓުކުރެވުނު ފަހުން އެ މައްސަލަ ތަހުޤީޤު ކުރަމުން އަންނައިރު، އެ ޓައްޕުތައް ހޯދިފައިވަނީ ސީސީޓީވީ ފުޓޭޖް ބަލައި ކުރި މަސައްކަތުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ޓައްޕުތައް ފެނުނީ މީހަކަށް ވިއްކާލުމަށްފަހު، ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައިކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco