Ads by Stelco

ޚަބަރު

ޑިޖިޓަލް އައިޑެންޓިޓީ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ޑިޖިޓަލް އައިޑެންޓިޓީ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ޑިޖިޓަލް އައިޑެންޓިޓީ ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2025، 03:10

08 ޖޫން 2025، 03:10

ދިވެހި ސަރުކާރުން ފަށާފައިވާ ޑިޖިޓަލައިޒޭޝަންގެ މަޝްރޫޢުގެ ދަށުން ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

މި ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ސަރުކާރުގެ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.



ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، "މޯލްޑިވްސް 2.0" މަޝްރޫޢުގައި ހިމެނޭ 4 ވަނަ ތަނބުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އަދި މި ބިލާ ގުޅޭގޮތުން ލިބޭ ހުރިހާ ޚިޔާލެއްވެސް އާންމުކުރައްވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޚިޔާލު ހުށަހަޅާއިރު މަޢުލޫމާތު ލިބުނު މަސްދަރު ހިމެނުމަށާއި، ވަކި މަޢުލޫމާތުތަކެއް ސިއްރުކުރުމަށް އެދޭނަމަ އެކަން ބަޔާންކުރުމަށް އެ ވުޒާރާއިން އެދިވަޑައިގެންފައިވެއެވެ. ނަމަވެސް ސިއްރުކުރުމަށް އެދޭ އެދުން ވަޒަންކުރާނީ ޤާނޫނީ ގޮތުން ހުއްދަކުރާ މިންވަރަށްކަމަށްވެސް ވިދާޅުވިއެވެ.

ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުޭންކުގެ އެހީގައި، 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ ސަބަބުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އަދި ލޯކަލް ގަވަމަންޓް އޮޓޯރިޓީގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS