ޚަބަރު
އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާރްއެފްއައިޑީ ނިޒާމު ޤާއިމްކުރަނީ

ވަޒީރު އަމީން. ފޮޓޯ: ރައީސް އޮފީސް
އާންމު ރައްޔިތުން ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ނިޒާމެއް ތަޢާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ އުޅަނދުތައް ބޭނުންކުރަމުން ދިޔަ ނަމަވެސް، މި އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރެއްވިއެވެ.
"މިހާރު ފެނިވަޑައިގަންނަވާނެ ބައިވަރު ސައިކަލުތަކާއި ކާރުތަކާއި ލޯންޗުތަކާއި މިހުރިހާ އެއްޗެއް ހުރިއިރު، އޭގެ އޯނަރުންނަށް އޭގެ ސެކިއުރިޓީއެއް މިއަދަކު ނެތް، ވަގަށްވެސް ނަގަންވީ. ފުލުހުންނަށް މިހުރިހާ އެއްޗެހި ބެލެހެއްޓުމަކީ ޕްރެކްޓިކަލް ކަމެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.
އާރްއެފްއައިޑީ ޓެކްނޮލޮޖީ ތަޢާރަފްކުރެވިއްޖެނަމަ، ވަގު ނަންބަރު ޕްލޭޓް ބޭނުންކުރުން ހުއްޓުވުމާއި، އުޅަނދުތަކާ އެހެން ފަރާތްތަކުން ބެހުމުން އެލާޓް ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އާރްއެފްއައިޑީ ޓެކްނޮލޮޖީ ތަޢާރަފްކުރެވިއްޖެނަމަ ލިބޭނެ ފައިދާތަކުގެ ތެރޭގައި:
- ވަގު ނަންބަރު ޕްލޭޓް ބޭނުންކުރުން ހުއްޓުވުން
- އުޅަނދުތަކާ އެހެން ފަރާތްތަކުން ބެހުމުން އެލާޓް ކުރެވޭނެ ނިޒާމެއް ޤާއިމްވުން
- ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެވުން
- އުޅަނދު ވަގަށް ނެގުމުގެ މައްސަލަތައް މަދުވުން
- ތަންފީޒީ އިދާރާތަކަށް މަސައްކަތް ފަސޭހަވުން
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި އެކަނިވެސް 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "މާލެފަހި" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި އެކަނިވެސް 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވެއެވެ. މީގެ ތެރެއިން 70 ޕަސެންޓަކީ ދެފުރޮޅުލީ އުޅަނދުތަކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "މާލެފަހި" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ.
ވަޒީރު އަމީން ވިދާޅުވި ގޮތުގައި، މި ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި މި ނިޒާމު ތަޢާރަފްކުރުމުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން އިތުރުވެ، ތަންފީޒީ އިދާރާތަކަށް މަސައްކަތްތައް ފަސޭހަވެގެންދާނެއެވެ.
މި ނިޒާމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ ނިޒާމެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމަކީ މުހިންމު ކަމެއްކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.