ދުނިޔެ
ފަލަސްތީނުގެ ކުޑަކުދިންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ފްރާންސް ގައި އިހްތިޖާޖީ ހަރަކާތްތަކެއް ފަށަނީ

ޣައްޒާގެ ބައެއް ޝަހީދުންގެ ހަށިތަކާއި އެކު ޢާއިލާގެ މެމްބަރެއް.
ފަލަސްތީނުގެ ކުޑަކުދިންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ފްރާންސްގެ މަންމައިން ޖޫން 15 ވަނަ ދުވަހު އިލިސީ ގަނޑުވަރު ކުރިމަތީގައި އިހްތިޖާޖީ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި އިހްތިޖާޖުގެ މައިގަނޑު މަޤްސަދަކީ އިޒްރޭލަށް ދެކޮޅަށް ފިޔަވަޅު އެޅުމަށާއި، މި އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލުމެވެ.
ފްރާންސްގެ ނޫސް ވެބްސައިޓް "ޕޮލިޓިސް" އިން މި އިހްތިޖާޖުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ލިންކެއް ހިއްސާކޮށްފައިވެއެވެ. ީ "އަޅުގަނޑުމެން، ފްރާންސްގެ މައިން، އެއްބައިވެ ވަރުގަދަ އަޒުމަކާއެކު، ފަލަސްތީނުގެ ކުޑަކުދިންނަށް ކުރެވެމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ގޮވާލަމެވެ."ފްރާންސްގެ މަންމައިންގެ ނިދާގައި ބުނެފައިވެއެވެ.
"ބޭކާރު ވާހަކަތަކާއި ހުވަފެންތަކުގެ ދުވަސްވަރު މިހާރު ވަނީ ނިމިފައެވެ. އެހެންކަމުން، އަޅުގަނޑުމެން މައިން ގޮވާލަނީ، ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓާއި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ނިންމުންތަކާއި، ނަސްލު ހަލާކުކުރުން މަނާކުރާ މުޢާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން، އިޒްރޭލާއި އޭގެ ވެރިންނަށް ދެކޮޅަށް ފިޔަވަޅު އެޅުމަށް ފްރާންސްގެ ސަރުކާރަށެވެ." އެމައިންގެ ބަޔާނުގައި ވެއެވެ.
މި އިހްތިޖާޖުގެ އަޑުގަދަވެގެން ދިޔައީ މޭ 24، 2024 ގައި ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެންނެވެ. އެ ދުވަހު، ޣައްޒާގެ ކުޑަކުދިންގެ ޑޮކްޓަރު އަލާ އަލް-ނައްޖާރުގެ 10 ދަރިންގެ ތެރެއިން 9 ކުދިން އިޒްރޭލްގެ ހަމަލާއެއްގައި ޝަހީދުވުމާއި ގުޅިގެނެވެ. އޭގެ ތެރޭގައި އެންމެ ހަމަހުގެ ކުއްޖަކުވެސް ހިމެނެއެވެ.
"މިފަދަ ހާދިސާއަކުން މަޔަކަށް އަރައިގަނެވޭނީ ކިހިނެއްތޯ؟ މުޅި ޤައުމެއްގެ ކުޑަކުދިން ނިދާފައި ތިއްބާ މަރާލަމުންދާއިރު، ދުނިޔެ ހަމަހިމޭނުން ބަލަން ތިބޭނީ ކިހިނެއްތޯ؟" މިއީ ފްރާންސްގެ މައިން އުފައްދާ ސުވާލުތަކެވެ.