Ads by Stelco

ޚަބަރު

އައު މެޝިނަރީޒްތައް ހޯދުމަށްކުރާ މަސައްކަތުގެ ދަށުން މި އަހަރު ނިމެންވާއިރަށް އެތަކެތި ލިބުމަކީ ކުރެވޭ އުންމީދެއް: ޒުހައިރު

އައު މެޝިނަރީޒްތައް ހޯދުމަށްކުރާ މަސައްކަތުގެ ދަށުން މި އަހަރު ނިމެންވާއިރަށް އެތަކެތި ލިބުމަކީ ކުރެވޭ އުންމީދެއް: ޒުހައިރު

އާރްޑީސީގެ އެމްޑީ ޒުހައިރު ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޖޫން 2025، 04:53

10 ޖޫން 2025، 04:53

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ މެޝިނަރީޒްތައް މި އަހަރު ނިމެންވާއިރަށް ލިބޭނެކަމުގެ އުންމީދު އެބައޮތްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޒުހައިރު ވިދާޅުވި ގޮތުގައި، އިންސާނީ ވަސީލަތްތައް ގާއިމްކުރުމުގެ އިތުރުން އެ ކުންފުންޏަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދުމަށްވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ ތެރޭގައި ގައުމީ ޔުނިވަރސިޓީ އާއި އެހެނިހެން އިދާރާތަކާ ގުޅިގެން މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރެވެމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވި ގޮތުގައި، މިވަގުތު އެ ކުންފުނީގައި ހުރި ގިނަ މެޝިނަރީޒްތަކަކީ ކުއްޔަށް ނަގައިގެން ގެންގުޅޭ ތަކެއްޗެވެ. އަދި މި ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ މެޝިނަރީޒްއަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ތަކެތިކަން ފާހަގަކުރެއްވިއެވެ.

އެ މެޝިނަރީޒްތައް ރަނގަޅުކުރުމަކީވެސް ވަރަށްބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް. ކޮލިޓީ ޕްރޮޑަކްޓެއް ދިނުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ. އެކަން ކުރެވޭނީ ކޮލިޓީ މެޝިނަރީޒް އަތުގައި ހުރެގެން.

ޒުހައިރު ވިދާޅުވިއެވެ.

މިވަގުތު އާރްޑީސީން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަގު ހެދުމުގެ 27 މަޝްރޫޢެއް ކުރިއަށްގެންދަމުންނެވެ. މީގެ ތެރެއިން މިއަހަރު 10 ރަށުގެ މަގު ހެދުމުގެ މަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން، އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ކުނި ކޮށިތައް ތަރައްޤީކުރުމާއި، ޕޮލިސް ޕޯސްޓްތަކާއި ދަނޑުތައް ފަދަ މަޝްރޫޢުތައް މި އަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަން ޒުހައިރު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS