Ads by Stelco

ޚަބަރު

ޖޫންމަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 45،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ޖޫންމަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 45،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖޭގެ ރިސޯޓެއްގައި ދެ ފަތުރުވެރިއަކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2025، 11:33

11 ޖޫން 2025، 11:33

މި ހިނގާ ޖޫންމަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 45،614 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 38.2 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 32،996 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 1 މިލިއަނަށްވުރެ އިތުރުވެފައެވެ. ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ޖުމްލަ 1،011،972 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 121،393 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިން (111،937) އަދި ތިންވަނައަށް އިނގިރޭސިވިލާތުން (101،781) އެވެ. މީގެ އިތުރުން އިޓަލީވިލާތުން 83،142 އަދި ޖަރުމަނުވިލާތުން 77،012 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 1،200 ތަނެއް ހުޅުވާފައިވާއިރު، ޖުމްލަ އެނދުގެ އަދަދަކީ 63،969 އެވެ. މީގެ ތެރެއިން 71.6 އިންސައްތަ ހިއްސާކުރަނީ ރިސޯޓުތަކެވެ. އަދި ގެސްޓްހައުސްތަކުގެ އެނދުގެ ޖާގައަކީ 23 އިންސައްތައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު، މި އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS