Ads by Stelco

ޚަބަރު

ހޯރަފުށީގައި ތަރައްޤީކުރަމުންދާ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ހުއްޓާލާފައިވާކަމަށް ބުނާ ވާހަކަ ފެނަކައިން ދޮގުކޮށްފި

ހޯރަފުށީގައި ތަރައްޤީކުރަމުންދާ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ހުއްޓާލާފައިވާކަމަށް ބުނާ ވާހަކަ ފެނަކައިން ދޮގުކޮށްފި

ހއ. ހޯރަފުށީގައި ތަރައްޤީކުރަމުންދާ ބޮޓްލިން ޕްލާންޓް. ފޮޓޯ: ފެނަކަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖޫން 2025، 10:07

12 ޖޫން 2025، 10:07

ހއ. ހޯރަފުށީގައި ތަރައްޤީކުރަމުންދާ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ހުއްޓާލާފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް، އަންނަ މަހު އެ މަސައްކަތް އަލުން ފަށައި، ވަރަށް އަވަހަށް ނިންމާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އިންޑިޔާގެ ހިލޭ އެހީއާއެކު ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމްކުރުމަށް އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދު 2019 ވަނަ އަހަރު އެއްބަސްވުމެއް އެކުލަވާލިކަމަށެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 36.7 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އިންޑިޔާގެ 9 މިލިއަން ރުފިޔާގެ އެހީއިން ކައުންސިލުން ހިއްސާކޮށްފައިވަނީ 2.4 މިލިއަން ރުފިޔާ ކަމަށާއި، ބާކީ 34.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ފެނަކައިންނެވެ.

ފެނަކައިން ފާހަގަކުރެއްވި ގޮތުގައި، 2019 ވަނަ އަހަރު މަޝްރޫޢުގެ މަސައްކަތް ފެށުމަށް ތައްޔާރުވިނަމަވެސް، ބިމުގެ އިންފާރު ރޭނުން ފިޔަވައި އިތުރު މަސައްކަތްތަކެއް ނުކޮށް ދެ އަހަރު ވޭތުވެގެން ދިޔައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ނިންމާލެވިފައިވަނީ މަސައްކަތުގެ 70 އިންސައްތައެވެ.

ބޮޓްލިންގ ޕްލާންޓްގެ އިމާރާތުގައި މުވައްޒަފުން ތިބުމަށް ބޭނުންވާ ފަރުނީޗަރު ހުރިނަމަވެސް، މަސައްކަތަށް ބޭނުންވާ މެޝިނަރީގެ ގިނަ ބައިތައް ހުރީ ނުރޭވި ކަމަށާއި، އިމާރާތުގެ އެތެރޭގައި ނިންމަންޖެހޭ ބައެއް މަސައްކަތްތައްވެސް ހުރީ ނުނިމި ކަމަށް ފެނަކައިން ބުނެއެވެ.

ކުންފުނީގެ މާލީ ހާލަތަށް ރިޢާޔަތްކޮށް، މަސައްކަތެއް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދިނުމަކީ މިވަގުތު ކުރެވެން އޮތްކަމަކަށް ނުވާތީ، އެ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ. ނަމަވެސް މި މަޝްރޫޢު ހުއްޓާނުލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި، ޖުލައި މަހު މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށްފަހު ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން އިތުރަށް ވިދާޅުވެފައިވަނީ، ބޮޓްލިންގ ޕްލާންޓުގެ މަސައްކަތްތައް ނިމުމުން، އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް، ކުންފުނިން އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން އިޢުލާންކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS