Ads by Exprox

ޚަބަރު

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 1341 މައްސަލައެއް ޢާއިލާއާއި ބެހޭ ވުޒާރާއަށް ހުށައެޅިފައިވޭ!

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 1341 މައްސަލައެއް ޢާއިލާއާއި ބެހޭ ވުޒާރާއަށް ހުށައެޅިފައިވޭ!

ރަށެއްގެ އަތިރިމަތީގައި ބަޔަކު އިރުއޮއްސޭ މަންޒަރު ބަލަނީ. ފޮޓޯ:ދައުރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 05:39

26 އޯގަސްޓު 2024، 05:39

ހުލާސާ

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި 1341 މައްސަލައެއް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. 

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި 1341 މައްސަލައެއް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާއިން ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތައް ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

އެގޮތުން މި ބާވަތުގެ 125 މައްސަލައެއްވަނީ ރިޕޯޓުކޮށްފައި ވާއިރު،ި ޖިސްމާނީ އަނިޔާގެ 119 މައްސަލައަކާއި، ޖިންސީ ހާނިއްކައިގެ 119 މައްސަލަވަނީ ހުށަހަޅާފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

ނަފްސާނީ ހާނިއްކައިގެ 37 މައްސަލަ އެއް ހުށައަޅައިފައިވާއިރު، ކުދިންނަށް އިހުމާލުވުމުގެ 111 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 24 މައްސަލަ އެއްގެ ބްލެކްމެއިލް ކުރުމުގެ 15 މައްސަލައެއް ހިމެނޭކަމަށް ޢާއިލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ 10 މައްސަލައެއް އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 5 މައްސަލަ ހިމެނޭ ކަމަށާއި، މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 24 މައްސަލަ ހުށަހެޅި، އެމައްސަލަ ތަކަށް އެޓެންޑް ވެވިފައިވާކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 108 މައްސަލައެއް ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ހުށައެޅިފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 20 މައްސަލައަކާއި، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 24 މައްސަލަ އަކާއި، އަދި ގެއިން ނިކުމެގެން ދިއުމުގެ 23 މައްސަލަ، އަދި މިނޫންވެސް އެހެން ބާވަތުގެ 41 މައްސަލަ ރިޕޯޓްކުރެވިފައިވެއެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 26 މައްސަލައެއް ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ވަނީ ހުށައެޅިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco