Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާއެކު ށ. ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ށ. ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

12 ޖޫން 2025، 01:05

ދިވެހި ފުލުހުންގެ ޚިދުމަތުން ށ. ފުނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ސާޖް/މާލެ، ޢަބްދުﷲ މުޙައްމަދު ޙަބީބް (44އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ހިނގާ ޖޫން މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ރަށު އާރުޓީއެލް ފެރީ ޓާމިނަލް ކައިރިން އޭނާ ހުއްޓުވައި ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 31 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލާ ގުޅިގެން ޢަބްދުﷲ މުޙައްމަދު ޙަބީބްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS