Ads by Stelco

ޚަބަރު

ގްރީސްގެ ސަފީރު ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ގްރީސްގެ ސަފީރު ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ގްރީސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: ޚާރިޖީ ވުޒާރާ

12 ޖޫން 2025، 07:50

ގްރީސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕްއަލިކީ ކޮޓްސުމިޓޮޕުލޫ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި އިޙްތިރާމްގެ ޒިޔާރަތް ކުރެއްވެވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ ގްރީސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖެއާއި ގްރީސްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ޚާރިޖީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރައްވާނެކަމުގެ ޔަޤީންކަން ދެ ފަރާތުން ވެސް ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، އެމްބެސެޑަރ-އެޓް-ލާޖް ޢަބްދުﷲ ޙަމީދު އާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް އާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމްގެ އިތުރުން، ޑެޕިއުޓީ ޑެސްކް އޮފިސަރ ޚަދީޖާ އައުފިޔާ ބައިވެރިވެވަޑައިގަތެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS