ދުނިޔެ

އިޒްރާއިލްގެ ހަމަލާއަށް ޖަވާބުދިނުމަށް އިރާނުން ހަމަލާތަކެއް ފޮނުވާލައިފި

އިޒްރާއިލްގެ ހަމަލާއަށް ޖަވާބުދިނުމަށް އިރާނުން ހަމަލާތަކެއް ފޮނުވާލައިފި

އިރާންގެ ރައްޔިތުންތަކެއް މަގުމައްޗަށް އެއްވެފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2025، 04:17

13 ޖޫން 2025، 04:17

އިޒްރާއިލުން އިރާނަށް ދިން ހަމަލާއަށް ޖަވާބު ދިނުމުގެ ގޮތުން، އިރާނުން މިއަދު ހުކުރު ދުވަހުގެ ފަތިހު އިޒްރާއިލަށް 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލައިފިއެވެ.

އިޒްރާއިލްގެ ސިފައިންގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނި ގޮތުގައި، އިރާނުން ފޮނުވި ޑްރޯންތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދެއެވެ. އަދި އިޒްރާއިލްގެ ސަރަހައްދުން ބޭރުގައި މި ޑްރޯންތައް އިންޓަރސެޕްޓް ކުރެވެމުންދާ ކަމަށް ސިފައިންގެ އިސް އޮފިޝަލެއް ވަނީ ހާމަކޮށްފައެވެ.

މި ހަމަލާއާ ގުޅިގެން، އިޒްރާއިލްގެ މަދަނީ އަދި އާންމު ސަލާމަތީ އިރުޝާދުތައް ވަނީ ބަދަލުކޮށްފައެވެ. މިގޮތުން ތަޢުލީމީ ހަރަކާތްތަކާއި، އެއްވުންތަކާއި، އަދި މުހިންމު ވިޔަފާރިތައް ފިޔަވައި އެހެން މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމަށް އަންގާފައިވެއެވެ. އަދި އިޒްރާއިލްގެ ވައިގެ ބަނދަރުތައް ވެސް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

ޖޯޑަންގެ ވައިގެ ދިފާއީ ބާރުތަކުން ވެސް އެ ޤައުމުގެ މަތިން ދަތުރުކުރި މިސައިލްތަކާއި ޑްރޯންތައް އިންޓަރސެޕްޓް ކުރިއެވެ. ޖޯޑަންގެ ސިފައިންގެ އިސް އޮފިޝަލެއް ބުނި ގޮތުގައި، މި އުޅަނދުތައް އާބާދީ އޮންނަ ސަރަހައްދުތަކަށް ވެއްޓުމުގެ ބިރު އޮތުމާއެކު، މަދަނީ ރައްޔިތުންގެ ސަލާމަތަށްޓަކައި މި ފިޔަވަޅު އަޅަން ޖެހުނީއެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ މި ހަމަލާގައި އެމެރިކާ ބައިވެރިވެފައި ނުވާ ކަމަށް ބުނެފައެވެ. އަދި އިރާނުން އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް ހަމަލާ ނުދިނުމަށް އިންޒާރު ދީފައިވެއެވެ. މީގެ 24 ގަޑިއިރު ކުރިން، އެމެރިކާއިން ވަނީ ބަޣްދާދުގައި ހުރި އެ ޤައުމުގެ އެމްބަސީން މުހިންމު ނޫން މުވައްޒަފުން ފުރުވާލަން ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS