ދުނިޔެ

އިޒްރާއީލުން އިރާނުގެ ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދީފި

އިޒްރާއީލުން އިރާނުގެ ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދީފި

އިޒްރާއިލުން އިރާނަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖޫން 2025، 05:01

15 ޖޫން 2025، 05:01

އިރާނުގެ އިސްފަހާން ސަރަހައްދުގައި ހުރި ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދީފައިވާކަމަށް އިޒްރާއީލްގެ ސިފައިންގެ ތަރުޖަމާނު ބުނެފިއެެވެ.

މީގެ އިތުރުން ޝިރާޒް ސަރަހައްދަށްވެސް ހަމަލާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރާއީލުގެ ޗެނަލް 12 އިން ބުނި ގޮތުގައި އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ފަހު މަރުހަލާގައި ހިމެނޭ 10 އަށް ވުރެ ގިނަ އަމާޒުތަކަށް އިއްޔެ ހަމަލާދީފައިވެއެވެ. އަދި އިރާނުގެ ނިއުކްލިއަރ ރިއެކްޓަރުތަކާ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް އިންޒާރުދީ، އެ ސަރަހައްދުތައް ވަގުތުން ހުސްކުރުމަށް އަންގާފައިވެއެވެ.

އިރާނުގެ ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވިދާޅުވި ގޮތުގައި އިޒްރާއީލުގެ ހަމަލާތަކުން ރައްކާތެރިވުމަށް ރައްޔިތުންނަށް މިސްކިތްތަކާއި، ސްކޫލްތަކާއި އަދި މެޓްރޯ ސްޓޭޝަންތަކުގައި ހިމާޔަތް ހޯދިދާނެއެވެ. އަދި މި ސްޓޭޝަންތައް މުޅި ރޭގަނޑު ހުޅުވިފައި ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްފަހާންގެ ގަވަރުނަރުގެ ސެކިއުރިޓީ އެސިސްޓެންޓް ވިދާޅުވި ގޮތުގައި އިޒްރާއީލުގެ ހަމަލާ އަމާޒުވެފައިވަނީ އެ ސަރަހައްދުގައި ހުރި ދިފާއީ މިނިސްޓްރީގެ މަރުކަޒަކަށެވެ. އަދި މި ހަމަލާގައި ގެއްލުން ލިބިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިރާނުގެ ރެވޮލިއުޝަނަރީ ގާޑްސް އިން ބުނި ގޮތުގައި އިސްރާއީލުގެ ހަމަލާތަކުން ދިފާއުވުމުގައި އެ ބައިމީހުން ވަނީ 3 ކްރޫޒް މިސައިލާއި، 10 ޑްރޯން އަދި އެތައް ކުދި ޑްރޯންތަކެއް ވައްޓާލާފައެވެ. އަދި ޓެހުރާންގެ ހުޅަނގުގައި ހުރި ތެޔޮ ގުދަނަކަށާއި، ދެކުނުގައި ހުރި ތެޔޮ ޓޭންކަކަށް އިޒްރާއީލުން ހަމަލާދީފައިވާ ކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS