Ads by Exprox

ޚަބަރު

މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި!

މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި!

ފުލުހުން ނައްތާލި ބަނގުރާފުޅި ތައް. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 05:41

26 އޯގަސްޓު 2024، 05:41

ނ.މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް، އެކިމައްސަލަތަކުގައި ގެނެސްފައިހުރި ބަނގުރާ ނައްތާލައިފިއެވެ.

މިތަކެއްޗަކީ މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް މާފަރު އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ކަސްޓަމްސް އިން ހިފަހައްޓާފައިވާ ތަކެތިކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފައިވެއެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން އެކަމަށް ޚާއްޞަ ކޮށްއެކުލެވިގެންވާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

މިގޮތުން، އޮގަސްޓު މަހު 25 ވަނަ ދުވަހު ނައްތާލާފައިވަނީ 117 ފުޅި ބަނގުރާ އަދި 76 ދަޅު ބަނގުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco