ދުނިޔެ

ޖަބާލިޔާ އަދި ޚާން ޔޫނިސްގައި އިޒްރާއީލްގެ ހަނގުރާމަ މަތީ ހަތިޔާރުތަކަށް އަލް-ޤައްސާމުން ހަމަލާދީފި

ޖަބާލިޔާ އަދި ޚާން ޔޫނިސްގައި އިޒްރާއީލްގެ ހަނގުރާމަ މަތީ ހަތިޔާރުތަކަށް އަލް-ޤައްސާމުން ހަމަލާދީފި

އަލް ޤައްސާމުން ހަމަލާދިން ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖޫން 2025، 07:45

16 ޖޫން 2025، 07:45

ހަމާސްގެ ހަނގުރާމަވެރި ޖަމާޢަތް ކަމުގައިވާ އަލް-ޤައްސާމް ބްރިގޭޑްސްއިން ޣައްޒާގެ ތެެރޭގައި ހަރަކާތްތެރިވަމުންދާ އިޒްރާއިލްގެ ޢަސްކަރީ ބާރުތަކަުގެ ހަނގުރާމަމަތީ އުޅަނދުތަކާއި ބައެއް މީހުންނަށް ހަމަލާތަކެއް ދީފިއެވެ.

 އަލް-ޤައްސާމް ބްރިގޭޑްސްއިން މިއަދު ހާމަކުރި ގޮތުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރާއީލީ ބާރުތަކާއި އުޅަނދުތަކަށް ސިލްސިލާ ހަމަލާތަކެއް ދީފައިވާކަމަށެވެ.

ޓެލެގްރާމްގައި ޝާއިޢުކުރި ވިދިވިދިގެން އައި ބަޔާންތަކެއްގައި އަލް-ޤައްސާމުން ބުނެފައިވަނީ، ޖަބާލިޔާގެ އިރުމަތީ ސަރަހައްދުގައި އިޒްރާއީލީ ސިފައިން އުފުލާ އުޅަނދަކާއި މެރްކަވާ ޓޭންކަކަށް ގަދަ އައި.އީ.ޑީއަކުން ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާ ދީފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އޭގެ އެއް ދުވަސް ފަހުން، ޖަބާލިޔާގެ އިރުމަތީ ސަރަހައްދުގެ ރެއިލްވޭ މަގުގައި އިތުރު މެރްކަވާ ޓޭންކަކަށް ގަދަ އައި.އީ.ޑީއަކުން ހަމަލާދީފައިވާ ކަމަށް އަލް-ޤައްސާމުން ބުނެއެވެ. މީގެ އިތުރުން، ހާން ޔޫނިސްގެ އިރުމަތީގައި ހުރި އަބްސާން އަލް-ކަބީރާ ސަރަހައްދުގައި ގެއެއްގައި ފޮރުވިފައި ތިބި އިޒްރާއީލީ ސިފައިންގެ ގްރޫޕަކަށް އެންޓި-ޕަރސަނަލް މިސައިލަކުން ހަމަލާދީފައިވެއެވެ.

އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރި ފިޔަގަނޑު، ސަރާޔާ އަލް-ޤުދުސްއާ ގުޅިގެން ދިން މި ހަމަލާގައި އެތައް ސިފައިންނެއް މަރުވެ އަދި ޒަހަމްވެފައިވާ ކަމަށް އަލް-ޤައްސާމުން ބުނެއެވެ. އަދި ހަމަ އެ ސަރަހައްދުގައި އަލް-ޤައްސާމްގެ "ޣޫލް" ސްނައިޕަރ ރައިފަލްއަކުން އިޒްރާއީލީ ސިފައިންގެ ސްނައިޕަރަކަށްވެސް ހަމަލާދީފައިވެއެވެ.

އިޒްރާއީލީ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އިސްރާއީލީ ޑިފެންސް ފޯސަސްއިން ވަނީ 98 ވަނަ ޑިވިޜަން ޣައްޒާއިން އަނބުރާ ގެންގޮސް އެހެން ޖަބްހާތަކަށް ބަދަލުކޮށްފައެވެ. އިޒްރާއީލީ ހަނގުރާމައިގެ ފެށުމުން ފެށިގެން މިހާތަނަށް 430 އިޒްރާއީލީ ސިފައިން ވަނީ މަރުވެފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS